ދިވެހިރާއްޖެ
އިޢުލާން
ތ. ގުރައިދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކުރުން
ތ. ގުރައިދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 7 ނޮވެންބަރު 2023 ވާ އަންގާރަ ދުވަހުން ފެށިގެން 12 ނޮވެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް، މިއިދާރާގެ ކޮމިއުނިޓީ ވައިބަރ ގުރޫޕްގައާއި ފޭސްބުކް ޕޭޖުގައި ޕޯސްޓް ކުރެވިފައިވާނެއެވެ.
ޕޮއިންޓް ދީފައިވާ ގޮތާމެދު، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން "ތ. ގުރައިދޫ ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަކޮށް ރަސްމީ ގަޑީގައި މި އިދާރާއަށް ނުވަތަ މި އިދާރާގެ އި މެއިލް [email protected] އަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.
ތ. ގުރައިދޫ ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ޢިޢުލާން ކުރެވޭނީ ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ލިސްޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހުގައެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ރަބީޢުލްއާޚިރް 1445
06 ނޮވެންބަރު 2023