ދިވެހިރާއްޖެ
ިޢުލާން
ބާތަކެތި ނީލަން ކިޔުން
މި ކޯޓުގައި ނީލަމުގާ ވިއްކާލުމަށް ބޭނުންވެފައި ހުރި ތިރީގައި މި ދަންނަވާ ތަކެތި ނީލަން ކިޔުން 16 ނޮވެމްބަރ 2023 ވާ (ބުރާސްފަތި) ދުވަހުގެ 11:00 ގައި މިކޯޓުގައި އޮންނާނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 20 ނޮވެމްބަރ 2023 ވާ (ހޯމަ) ދުވަހުގެ 12:00 ގެ ކުރިން ދައްކަވާ ނިންމަވަން ވާނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކަވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަންކިޔޭނެއެވެ. ނީލަމުން ނެންގެވި ތަކެއްޗަށް ފައިސާދައްކަވާފައި ވާ ފަރާތްތަކަށް ތަކެތި ދޫކުރުން 21 ނޮވެމްބަރ 2023 ވާ (އަންގާރަ) ދުވަހުގެ 14:00 ން ފެށިގެން 14:30 އަށް މިކޯޓުގައި އޮންނާނެއެވެ. މި ނީލަމުގާ ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މި ކޯޓުގެ އެދުމެކެވެ. ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ނީލަން ނަމްބަރު |
ޢަދަދު |
ތަފްޞީލް |
ނީލަންފެށޭ އަގު (ރުފިޔާ) |
ފަހަރަކު މަދުވެގެން އިތުރުކުރެވޭ ޢަދަދު (ރުފިޔާ) |
1 |
1 |
އެގްޒެކްޓިވް ޗެއަރ ހައިބެކް |
80.00 |
5.00 |
2 |
1 |
ބެންޗް ޗެއަރ 04 ގޮނޑީގެ |
50.00 |
5.00 |
3 |
1 |
ސެކްރެޓަރީ ޗެއަރ ލޯބެކް |
40.00 |
5.00 |
4 |
1 |
ސެކެރެޓަރީ ޗެއަރ ލޯބެކް |
40.00 |
5.00 |
5 |
1 |
ބައިސްކަލް ( މައުންޓަންޑިއު) |
50.00 |
5.00 |
22 ރަބީޢުލްއާޚިރު 1445 ހ
06 ނޮވެމްބަރ 2023 މ
ޢުމައިރު ޙުސައިން
ޗީފް އެޑްމިނިސްޓްރޭޓަރ