ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް: އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ރޭންކް: ޖީ. އެސް. 3 (ތިނެއް)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިޝަރ ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ އޮފިސް/ އިދާރާ: ހައްދުންމަތީ މާބައިދޫ ކައުންސިލުގެ އިދާރާ

މަސައްކަތް ކުރަންޖެހޭ ޔުނިޓް: އިކޮނޮމިކް، ސޯސަލް އެންޑް މުނިސްޕަލް ސަރވިސް ސެކްޝަން

މަގާމުގެ ގިންތި: ވަގުތީ

މުސާރަ: މަހަކު -/4،465 ރުފިޔާ               

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ     

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

މަޤަމުގެ މަސައްކަތާ ގުޅޭ ދާއިރާއަކު ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށް، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ޑީ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.                               

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:                 

1. ކައުންސިލުން ހިންގަން ބޭނުންވާ އެކިއެކި ޕްރޮޖެކްޓްތަކަށް ފަންޑްހޯދުމަށް ހަދަންޖެހޭ ޕްރަޕޯޒަލްތައް ހެދުމުގެ އިދާރީ މަސައްކަތްކުރުން.

2. ޕްރޮޖެކުޓްތަކުގެ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން.

3. ސިދާ ކައުންސިލުން ރަށުގައި ހިންގަމުން ގެންދާ ތަރައްޤީގެ ޕްރޮޖެޖެކްޓްތަކުގެ އިދާރީ މަސައްކަތްތައް ކުރުމާއި، އެ މަސައްކަތްތައް ބެލެހެއްޓުން.

4. ކައުންސިލާއި، އެހެނިހެން ފަރާތްތަކާ ގުޅިގެން ރަށުގައި ހިންގޭ ތަރައްޤީގެ ޕްރޮޖެކްޓްތަކުގައި ކައުންސިލުން ބަލަހައްޓަންޖެހޭ އިދާރީ ކަންކަން ކުރުމާއި، އެކަންކަން ބެލެހެއްޓުން.

5. ސަރުކާރާއި އެހެނިހެން ޖަމާޢަތްތަކުން ރަށުގައި ހިންގާ ތަރައްޤީގެ ޕްރޮޖެކްޓްތަކުގައި ކައުންސިލާ ގުޅޭ ކަންކަމުގެ އިދާރީ މަސައްކަތް ކުރުން.

6. ރަށުގައި ހިންގޭ އިޖުތިމާޢީ ހަރަކާތްތަކުގައި ކައުންސިލުން ކުރަންޖެހޭ ކަންކަމުގެ އިދާރީ މަސައްކަތް ކުރުން.

7. ރަށުގެ ކުލަބްތަކާއި، ޖަމްޢިއްޔާތަކާއި، ކޮމެޓީތަކާ ގުޅޭގޮތުން ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

8. ރަށުގެ ތަރައްޤީގެ ރިޕޯޓްތައް ތައްޔާރުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފއިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިޔުކޮށްގެން.

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނީ، 2015 މާރިޗު 17 ވަނަ ދުވަހުގެރޭ 21:00 ގައި ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާގައެވެ.

މަގާމަށް އެދެންވި ގޮތާއި، ސުންގަނޑި:      

1. މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށައަޅާނީ، ހައްދުންމަތީ މާބައިދޫ ކައުންސިލުގެ އިދާރާއަށެވެ.

2. ތަކެތި ހުށަހަޅާނީ، 2015 މާރިޗު 16 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ހައްދުންމަތީ މާބައިދޫ ކައުންސިލުގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް: 

1. މުސާރަ: މަހަކު -/4،465 ރުފިޔާ

2. އެލަވަންސް: މަހަކު -/1،500 ރުފިޔާ 

3. މީގެ އިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިއޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔެކިޔުމުގެ ކޮޕީ)

4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެއެވެ.

17 ޖުމާދުލްއޫލާ 1436

08 މާރިޗު 2015
ހޯދާ