ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން
ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން
- މި ޑިޕާޓްމަންޓުން އިންތިޒާމުކުރާ އިމްތިޙާނުތަކުގެ ސުވާލު ކަރުދާސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގެންދިއުމާއި، ޖަވާބު ކަރުދާސް ގެނައުމާއި، އިމްތިޙާނުތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ދަތުރުތައް ކުރުމަށް، 02 އަހަރު ދުވަހުގެ މުއްދަތަށް ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް، 2023 ނޮވެންބަރު 05 ން 2023 ނޮވެންބަރު 09 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް "ބިޑް ރަޖިސްޓްރީ ފޯމު" (ލިންކު:https://forms.gle/DFKVLXcVTZBW63Cb6 ) މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެންބަރު 13 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ޑިޕާޓްމަންޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 2023 ނޮވެންބަރު 15 ވާ ބުދަ ދުވަހުގެ 10:00 ގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ހ. އަސްރަފީވިލަ 02 ވަނަ ފަންގިފިލާ، މީޓިންގ ރޫމް) ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި ތަފްސީލު ޝީޓު މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންގެ ފޯން: 4003966 / 7533006 އިން ލިބިވަޑައިގަންނަވާނެއެވެ.
21 ރަބީޢުލްއާޚިރު 1445
05 ނޮވެންބަރު 2023
05 ނޮވެންބަރު 2023
ހޯދާ