ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓުގެ ޝަރީޢަތްކުރާ ކޮޓަރި އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މި ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި ކުރެހުމާއި އެއްގޮތަށް މިކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގައި ކާޕެޓް އެޅުމާއި، ދޮރުފޮތި އަދި ބެންކެޓް ޗެއަރ ހޯދުމަށް 26 އޮކްޓޯބަރ 2023 ވަނަ ދުވަހު ކުރި މި ކޯޓުގެ ނަންބަރު: J3C-A/2022/18 އިޢްލާނާއި ގުޅިގެން ހުށައަޅާފައިވާ އަގަކީ އެކަށީގެންވާ އަގަކަށް ނުވާތީ، އެ އިޢްލާނު ބާޠިލުކޮށް އެމަސައްކަތުގެ ސްކޯޕަށް ބަދަލުގެނެސް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢްލާނު ކުރަމެވެ.

މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 8 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ 11:00 ގައި މި ކޯޓުގައި އޮންނާނެއެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 8 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން [email protected]  އަށެވެ.

ބީލަން ހުށަހަޅާނީ 13 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކޯޓަށެވެ. މި މަސައްކަތުގެ މަޢްލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

05 ނޮވެންބަރު 2023
ހޯދާ