ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދާ ކޮމެޓީ އެކުލަވާލުމާ ގުޅޭ

އިޢުލާން

ކައުންސިލަށް ލަފާދޭ ކޮމެޓީ އެކުލަވާލުމާ ގުޅޭ

ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި ރައްޔިތުން ބައިވެރިވުން އިތުރުކުރުމަށާއި، އެނިންމުންތަކަކީ ޒިންމާދާރުވެރި އަދި ޖާވާބުދާރީވަނިވި އުޞޫލުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ބޭއްވުމަށް ލާމަރުކަޒީ ޤާނޫނުން 2010/7 އިން ލާޒިމްކުރެއެވެ. އެހެންކަމުން މިކައުންސިލްގެ 04 ވަނަ ދައުރަށް އިންތިޚާބުކުރެވުނު ކައުންސިލާއެކު އެކުލަވާލެވުނު " ކައުންސިލަށް ލަފާދޭ ކޮމެޓީ " މިކައުންސިލްގެ އޖ/2022/04/55 ނަންބަރު ބައްދަލުވުމުން އެކޮމެޓީ އުވާލައި އައުކޮމެޓީއެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

އެހެންކަމުން މިއިދާރާގެ ނަންބަރ: (IUL)399-CA/399/2023/120 ( 07 ސެޕްޓެމްބަރ 2023) އިޢުލާނަށް އެކަށީގެންވާ ވަރަށް ކުރިމަތިލާފައިނުވާތީ މި ކައުންސިލްގެ ލަފާދޭ ކޮމެޓީ އަލުން އެކުލަވާލުމަށްޓަކައި ކޮމެޓީގެ މެމްބަރަކަށް ވުމަށް ޝައުޤުވެރިކަން ހުރިފަރާތްތަކަށް އެފުރުސަތު އަލުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުގެ ވަނަވަރު އެނގޭގޮތަށް 16ނޮވެމްބަރ 2023 ވަނަ ދުވަހުގެ 14:00 ގެ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.   

  05 ނޮވެމްބަރ 2023

05 ނޮވެންބަރު 2023
ހޯދާ