ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޕްރިންޓަރެއްގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި މި ސްކޫލުން ކޮށްފައިވާ  GS-204/IU/2015/09 ނަންބަރުގެ ޢިއުލާނުގައި، މަޤާމުގެ ޝަރުޠުތައް ނުބައިކޮށް ހުރުމުގެ ސަބަބުން، އެ އިޢުލާން ބާޠިލުކޮށްފައި، އަލުން އިޢުލާން ކުރަމެވެ.

މަޤާމް: ޕްރިންޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)                  

ރޭންކް: އެސް. އެސް. 3

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3

މުސާރަ: މަހަކު -/3،875 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ            

ވަޒީފާ އޮތް އޮފީސް: ނަޑެއްލާ ސްކޫލް

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ނަޑެއްލާ ސްކޫލުގެ އިދާރީ ބައިގައި                   

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ފޮޓޯކޮޕީއާއި ޕްރިންޓް ނަގަން ހަވާލުކުރެވޭ ތަކެތި ދުވަހުން ދުވަހަށް ޕްރިންޓް ނެގުމާއި، ޕްރިންޓް ނަގަން ހަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޓެސްޓާ ގުޅުންހުރި ލިޔުމެއްނަމަ، އެތަކެތި ފެންނަންޖެހޭ ފަރާތްނޫން އެހެންފަރާތްތަކަށް ނުފެންނާނޭހެން ބެހެއްޓުން.

2. އިދާރީ އެހެން މުވައްޒަފުން ހާޒިރުނުވާ ޙާލަތްތަކާއި އެހެން ޙާލަތްތަކުގައި އިދާރީގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

3. ކޮންމެ ދުވަހެއްގެ ޕްރޮގްރާމް ތައްޔާރުކޮށްފައި ނޯޓިސް ބޯޑުތަކަށް ނެރުން.

4. އޮފީސްތެރެ އަބަދުވެސް ތަރުތީބުކުރުން.

5. ބޭނުންކުރާ މެޝިނަރީޒްތައް ވަރަށް ފަރުވާތެރިކަމާއެކު ބެލެހެއްޓުން.

6. ރަސްމީ މަސައްކަތްތައް ކޮށްފައި ވަގުތު އޮތް ވަރަކުން އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.

 ދާއިރާއާ ގުޅުންހުރި ކަންކަމުގައި ސްކޫލުގެ މުވައްޒަފުންނަށް އެހީތެރިވުން:

. ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

އިތުރު ހަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުން:

  • ސްކޫލުގެ ދަރިވަރުންނާއި ސްކޫލުގެ ކުރިއެރުމަށް ރާވައިގެން ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ސްކޫލުން އަންގައިފި ޙާލަތެއްގައި ޢަމަލީގޮތުން ބައިވެރިވެ، އެކަމެއް ކާމިޔާބުކުރުމަށް ހުރިހާ މާނައެއްގައިވެސް މަސައްކަތްކުރުމާއި، އެފަދަ ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވުމަށް ހަވާލުކުރެވިއްޖެނަމަ، އެ ހަރަކާތެއް ބާއްވަން ކަނޑައެޅިފައިވާ ތާރީޚުގައި ބާއްވައިގެން، ކާމިޔާބުކަމާއެކު އެކަމެއް ކޮށް ނިންމުން.
  • ސްކޫލުގައި ފާހަގަކުރާ ދުވަސްތަކާއި މުނާސަބަތުތަކުގައި ހަވާލުކުރެވޭ ކަންތައްތައް، ކަނޑައެޅިފައިވާ ގަޑިއަށް ފަރުވާތެރިކަމާއެކު ކޮށް ނިންމުން.

 ދުވަހުން ދުވަހަށް މަސައްކަތްތައް ނިންމުން:

  • ހަވާލުކުރެވިފައިވާ މަސައްކަތެއް ހަވާލުކުރެވުނު މުއްދަތަށް އެއްވެސް ސަބަބަކާހުރެ ނިންމުމަށް ޢުޒުރުވެރިވެއްޖެނަމަ،  ކުރިޔާލައި ސްޕަވައިޒަރަށް އެކަން އަންގައި، ސްޕަވައިޒަރުގެ ލަފާގެމަތިން ދެން ކުރިއަށްދާންވީ ކިހިނެއްތޯ ބަލައި، އެގޮތަކަށް ޢަމަލުކުރުން.
  • ޗުއްޓީއާއި، ސަލާމާއި، އާއިލީ ޒިންމާގައި ހުރުމަށްފަހު ވަޒީފާއަށް ނިކުންނައިރު، ހަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ނުނިމިވާނަމަ، ނިކުންނަތާ ހަފުތާއެއްގެ ތެރޭގައި އެ މަސައްކަތްތައް ނިންމުން.

ބަދަލު އިންތިޒާމް:

  • އޮފީހުގެ އެހެން މުވައްޒަފަކަށް ހަވާލުކުރެވިފައިވާ ކަމެއް އެ މުވައްޒަފުގެ ބަދަލުގައި ކުރަން ހަވާލުކުރެވިއްޖެނަމަ، އެކަމެއް ކުރަން ރޭވިފައިވާގޮތަށް، ކަނޑައެޅިފައިވާ ވަގުތަށް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމަންވާނެއެވެ.

މަޤާމުގެ ޝަރުޠު:                                              

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު.
  • ހުށަހަޅާފައިވާ މަސައްކަތުގެ ތަޖުރިބާ.
  • ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤު.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކޮށްގެން ލިބޭ މާކްސް.

އިންޓަވިއު ކުރުން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުކުރުން އޮންނާނީ، 2015 މާރިޗު 12 އާއި 16 އާ ދެމެދުގައި، ނަޑެއްލާ ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު، ނަޑެއްލާ ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގދ. ނަޑެއްލާ ސްކޫލުގެ ކައުންޓަރަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 11 ވަނަ ދުވަހުގެ 15:00 އެވެ.

ނޯޓް:

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ނަޑެއްލާ ސްކޫލުގެ 7983088 ނަންބަރު ފޯނަށް ނުވަތަ 6840064 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015
ހޯދާ