މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިމާމު ޕްރޮފެޝަނަލިޒަމް ޓްރޭނިންގ ފުރުޞަތު

18 ޖުމާދަލްއޫލާ 1436

 

ޓްރެއިނިންގ

އިމާމު ޕްރޮފެޝަނަލިޒަމް 2015

ޓްރެއިނިންގ މުއްދަތު:   24 މޭ 2015 އިން

               30 މޭ 2015 އަށް

ތަމްރީނު ހިންގޭ ޤައުމު

މެލޭޝިއާ

ފުރުޞަތު:   25

ޝަރުޠު

  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • އިމާމު / މުދިމު ކަމުގެ ދާއިމީ ވަޒީފާއެއްގައި ހުރި ފަރާތެއް ކަމުގައިވުން.
  • ޢަރަބި ނުވަތަ އިނގިރޭސިބަހުން ވާހަކަ ދައްކަން އެނގޭ ފަރާތެއް ކަމުގައިވުން.
  • މިފަދަ ޓްރެއިނިންގ އެއް ފުރިހަމަ ކުރެވޭވަރުގެ ޞިއްޙަތެއް ހުރި ފަރާތެއް ކަމުގައިވުން.
  • މީގެ ކުރިން އިމާމު ޕްރޮފެޝަނަލިޒަމް ޓްރެއިނިންގ ހަދާފައިވާ ފަރާތެއް ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުން

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
  • އެކްރިޑެޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އެޓެސްޓް ކޮށްފައިވުން. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލު ކުރުމުގެ އިޚުތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.
  • ވަޒީފާ އަދާކުރާ ތަނުން މި ޓްރެއިނިންގއަށް ދިއުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ޓްރެއިނިންގއަށް އެދޭ ފަރާތުގެ ވަނަވަރު.
  • 3 މަސް ހަމަނުވާ ޕާސްޕޯޓްސައިޒްގެ ފޮޓޯއެއް 

ސުންގަޑި: 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ކޯހަށް އެދޭ ފޯމު 8:30 އިން 15:00 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން www.islamicaffairs.gov.mv ލިބޭނެއެވެ.

09 މާރިޗު 2015
ހޯދާ