މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން މާޅޮސްމަޑުލު ދެކުނުބުރި (ބ. އަތޮޅު) އިންނަފުށި ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖެއްސުން
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާއާ ހަވާލާދީ މި މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން 2 ނޮވެމްބަރ 2023 އިން ފެށިގެން ބ. އިންނަފުށި ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖައްސައި މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މި ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލު ކުރާނީ ގަވާއިދު ނަންބަރު: 2018/R-78 (ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތިންނެވެ. މިސަރަހައްދުތަކާބެހޭ އިތުރު ތަފްޞީލް ތިރީގައި ބަޔާން ކޮށްފައިވާނެއެވެ.
02 ނޮވެންބަރު 2023
ހޯދާ