މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވެލިޔު އެޑެޑް ބާވަތްތައް އުފެއްދުމަށް ލޯނުދޫކުރުން

ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތަކުން (ވެލިޔު އެޑެޑް) ބާވަތްތައް އުފެއްދުމަށް ލޯނުދޫކުރުން

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު)ގެ އެހީގައި މިމިނިސްޓްރީން ހިންގަމުންގެންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމުގެ ދަށުން ސުރުޚީގައި ދެންނެވިފައިވާ ލޯނުގެ ފުރުޞަތު 09 މާރިޗު 2015 އިން ފެށިގެން އަލުން ހުޅުވާލަމެވެ. އަދި، މިލޯނަށް އެދުމުގެ އެންމެފަހުގެ ތާރީޚަކީ 31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

މިފިޔަވަހީގެ ދަށުން ލޯން ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްދޭ ލިޔުމާއި ލޯނަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް ((www.fishagri.gov.mv އަދި ރަސްމީގަޑިތަކުގައި މެރިން ރިސަރޗް ސެންޓަރގައި ހުންނަ މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓުންނާއި ބޭންކް އޮފް މޯލްޑިވްސްގެ ބާޒާރު ބުރާންޗް އަދި ލައިޓް ފިޔަވައި އެހެން ބްރާންޗްތަކުން ލިބެން ހުންނާނެއެވެ.  

ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ ބޭންކް އޮފް މޯލްޑިވްސްގެ މާލޭގެ ބްރާންޗްތަކުން (ބާޒާރު ބުރާންޗް އަދި ލައިޓް ފިޔަވައި) އަދި އެބެންކްގެ އަތޮޅުތެރޭގެ ބްރާންޗްތަކުންނެވެ. އަދި ލޯނުގެ މުއްދަތު ހަމަވުމަށްފަހު ޝަރުޠުހަމަވާ ފޯމުތައް ވަޒަންކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބު ދެވޭނެއެވެ.

މިލޯނާބެހޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިންނާއި 3341836 އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015
ހޯދާ