ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެއިދާރާއަށް އަލަށް އިތުރުކުރާބައިގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާއަށް އަލަށްއިތުރުކުރާބައިގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު           ނަމްބަރު: (IUL)328-ED/328/2023/74 (03 އޮކްޓޯބަރ 2023) އިޢުލަނާއިގުޅިގެން ޝައުޤުވެރިކަން ފާޅުކުރަށްވާފައިވަނީ އެއްފަރާތުންކަމުގައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.       

    މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 09 ނޮވެމްބަރ 2023ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރީން މިއިދާރާއަށް ލިއުމަކުން ހުށަހަޅުއްވައިގެން ނުވަތަ، އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.

ބިޑްރަޖިސްޓަރ ކުރެއްވުމަށް ފޮނުވާއިރު ހިމަނަންޖެހޭ މަޢުލޫމާތު:

1-  އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-  ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީ

3-  ގުޅޭނެ ފޯނު ނަންބަރު

4-  އީމެއިލް އެޑްރެސް

5-   މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު (އައިޑެންޓިޓީ ކާޑްގެ ސާފު ފޮޓޯކޮޕީއެއް) މެއިލްގައި އެޓެޗް ކުރަންވާނެއެވެ.

 

       އަންދާސީހިސާބު ހުށަހެޅުއްވުން އޮންނާނީ 23 ނޮވެމްބަރ 2023ވާ ބުރާސްފަތި ދުވަހުގެ 14:00ގައި މިއިދާރާގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލްކުރެއްވުންއެދެމެވެ. ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6620001 ނަންބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

       މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.

31 އޮކްޓޫބަރު 2023
ހޯދާ