ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުތެރޭގެ އެކިސަރަހައްދުތަކަށް ދޫކޮށްފައިވާ ތަކެތި ނެގުމާއި ބެހޭ

އިޢުލާން

 

ރަށުތެރޭގެ އެކިސަރަހައްދުތަކަށް ދޫކޮށްފައިވާ ތަކެތި ނެގުމާއި ބެހޭ

ރަށުގެ އެކިސަރަހައްދުތަކަށް ދޫކޮށްފައިވާ ތިރީގައި މިދަންނަވާ ތަކެތީގެ ވެރިފަރާތެއްވާނަމަ، ( މި އިދާރާއިން އެކުލަވާލައި ގެޒެޓްކޮށް ޢާންމު ކޮށްފައިވާ " ޢާންމުތަންތަށާއި މަގުމައްޗަށާއި،ފަޅުތެރެއަށް ދޫކޮށްފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާއިދު ނަންބަރ: 2013/R-2038 ގެ"  5ގެ ( ހ ) ގައިވާ ގޮތުގެ މަތިން ) މި އިދާރާއަށް އެންގެވުމަށްފަހު 30 ދުވަހުގެ ތެރޭގައި އެތަކެތި ނެގުމަށް އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

  • 1 ހައިމާކް (އެކްސްކަވޭޓަރ) ރަށުގެ އިރުމަތީފަރާތު ހިއްކިބިމުގައިވާ 1 ނަންބަރ ރޯހައުސްގެ ހުޅަނގުފަރާތުގައި އޮތް.
  • 1 ޓޭންކް (ބޭރު ފައިބަރ ކޮށްފައިހުރި ނޫކުލައިގެ ޓޭންކް) ޗާންދުގޭ ހުޅަގުފަރާތު އޮންނަ ހުސްބިމުގައި އޮތް.

ވީމާ، މަތީގައި ދެންނެވިފައިވާ ތަކެތި މިއަދު  (31 އޮކްޓޫބަރ 2023) އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެތަކެތި އެތަނުން ނެގުމަށް އެންގީމެވެ. މި މުއްދަތުގައި އެތަކެތީގެ ނުނަގާ ނަމަ އެތަކެއްޗަކީ އޭގެ ވެރިފަރާތެއް ނެތް ތަކެތި ކަމުގައި ބަލައި މަތީގައި ދެންނެވިފައިވާ ޤަވާއިދުގެ 6 ވަނަ ނަންބަރުގެ  ( ހ ) އަދި ( ށ ) ގައިވާ ގޮތަށް ކައުންސިލް އިދާރާއިން އެތަކެތި ނެގޭނެވެ. އެހެންކަމުން މިދެންނެވި ތަކެތި ނެގުމުގެތެރޭގައި ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލް އިދާރާއިން ޒިންމާނުނަގާނެކަން ވެސް އެންގީމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

31 އޮކްޓޫބަރ 2023

 

31 އޮކްޓޫބަރު 2023
ހޯދާ