މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ފާމަސީ އެސިސްޓެންޓް

                                              ނަންބަރ: (IUL)227-GA/227/2023/67

     

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

ފާމަސީ އެސިސްޓެންޓް

އޮފީސް:

ށ.އަތޮޅުކައުންސިލްގެ އިދާރާ / ފުނަފަތި ފާމަސީ

މުސާރަ:

ސަރވިސް އެލަވަންސް:

އުޖޫރައާއި ޢިނާޔަތްތައް:

 

 

މަސައްކަތް ކުރަންޖެހޭ ވަގުތު:

މަހަކު 4000/- ރުފިޔާ

-/3000 ރުފިޔާ

މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/60 ރުފިޔާ، އަދި އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެ

 

ހަފްތާއަކު 6 ދުވަހު، ދުވާލަކު 7 ގަޑިއިރު

ވަޒީފާގެ ބާވަތް:

ބޭނުންވާ އަދަދު:

ދާއިމީ

01 ( އެކެއް )

މަޤާމުގެ ޝަރުތު:

1-     އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ޙާޞިލްކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

 

-         އާސަންދައިގެ ޚިދުމަތަށް ދޫކުރެވޭ ބޭހުގެބިލް 15 ދުވަހުން 15 ދުވަހުންހަދާ އާސަންދަ ޕްރައިވެޓް ލިމިޓެޑަށް ފޮނުވުމަށްޓަކައި އަތޮޅުކައުންސިލްގެ ކަމާބެހޭ ސެކްޝަނާ ހަވާލުކުރުން.

-         އެންސްޕާއާއެކު ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް އާސަންދައިގެ ޚިދުމަތް ދިނުން.

-         ކުރެޑިޓަށް ބޭސްދޫކުރުމަށް އެއްބަސްވެވިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޞޫލާއި، އެއްބަސްވުމާއި އެއްގޮތަށް ބޭސް ދޫކުރުން އަދި ދޫކުރެވޭ ބޭހުގެ ތަފްސީލް ކަމާއިބެހޭ ސެކްޝަނަށް ހުށައެޅުން.

-         އެކްސްޕެއަރވާ ބޭހާއި، ހަލާކުވާ ބޭހުގެ ތަފްޞީލު ލިޔެ ބެލެހެއްޓުމާއި އަތޮޅު ކައުންސިލު އިދާރާގެ ކަމާއިބެހޭ ސެކްޝަންގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ބޭހެއް ނައްތާނުލުން.

-         ފާމަސީއަށް ނުވަތަ ފާމަސީގައި ހުރި އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމެއް އަތޮޅު ކައުންސިލް އިދާރާގެ ކަމާބެހޭ ސެކްޝަނަށް އެންގުން.

-         ފާމަސީގައި އެކަށީގެންވާ ސްޓޮކެއް ބެހެއްޓުމަށް މަސައްކަތްކުރުމާއި ފާމަސީއަށް ބޭނުންވާ ބޭހުގެ ލިސްޓް ތައްޔާރުކޮށް ކަމާއިބެހޭ ސެކްޝަނާއި ހަވާލުކުރުން.

-         ފާމަސީއަށް ގެންނަ ހުރިހާ ބޭހެއް ފާމަސީގައި ބޭނުންކުރާ ސޮފްޓްވެއަރއަށް އެންޓަރކޮށް ގަވާއިދުން ބެލެހެއްޓުން.

-         ވިއްކަން ބަހައްޓާފައި ހުންނަ ހުރިހާ ބޭހެއްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ކަނޑައަޅާފައިވާ ގޮތަށް އަގު ޖެހުން.

-         ބޭސް ބަހައްޓާފައި ހުންނަ ހަރުގަނޑުތައް ހަފްތާއަކު 1 ފަހަރު ފުހެ ސާފުކުރުމާއި ފާމަސީ ބަންދުކުރުމުގެ ކުރިން ކުނިކެހުމާއި ކޮންމެ 3 ދުވަހަކުން ފާމަސީ މޮޕްކުރުން.

-         ލިބޭ ފައިސާ ދުވަހުން ދުވަހަށް ބޭންކް އެކައުންޓަށް ޖަމާކުރުމަށްފަހު ފައިސާ ޖަމާކުރިކަމުގެ ސްލިޕް އަތޮޅު ކައުންސިލް އިދާރާގެ ކަމާބެހޭ ސެކްޝަނަށް ޙަވާލުކުރުން.

-         އެއްވެސް ސަބަބަކާ ހުރެ ފައިސާ ޖަމާނުކުރެވޭގޮތް ވެއްޖެނަމަ އެފައިސާއެއް ބޭންކަށް ޖަމާކުރެވެންދެން ރައްކާތެރިކަމާއެކު އެމުވައްޒިފެއްގެ ބެލުމުގެ ދަށުގައި ބެހެއްޓުން.

-         ވަކިމީހެއް ތަފާތުކުރުމެއްނެތި ކަސްޓަމަރުންގެ އިތުބާރު ނުގެއްލޭގޮތަށް ޚިދުމަތް ދިނުން.

-         ޑިއުޓީ ބަދަލުވާއިރު ވަތްގަނޑުގައި ހުންނަ ފައިސާއާއި، ވިކުރާއާ ދިމާވޭތޯ ބަލައި ޗެކްކޮށް ޑިއުޓީއާއި ހަވާލުވާ ފާމަސިސްޓާ ހަވާލުކުރުން.

-         ބިލު ރަޖިސްޓްރީ ގަވާއިދުން ބެލެހެއްޓުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

  • 07 ނޮވެމްބަރ 2023 ވަނަދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ށ.އަތޮޅުކައުންސިލް އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1-     ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް ށ.އަތޮޅުކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-     ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

3-     ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިޔަތު އެނގޭނެ ލިޔުމެއް

4-     ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5-     ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭ ނަންބަރާއި އީ-މެއިލްއެޑްރެހާއެކު )

                     16 ރަބީޢުލްއާޚިރު 1445

                     31 އޮކްޓޯބަރ 2023

31 އޮކްޓޫބަރު 2023
ހޯދާ