ދިވެހިރާއްޖެ
މިރަށު އާޘާރީ ތަރިކައިގެ ތެރޭގައި ހިމެނޭ ބޮޑުވަޅު ހިމާޔަތް ކުރުމުގެ ގޮތުން، އެވަޅުހިމެނޭތަން ސާފްކޮށް، ބޮޑުވަޅުމަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި (IUL)384-A/2023/60 ނަމްބަރ އިޢުލާނާއި ގުޅިގެން އަގުހުށަހަޅާފައިވަނީ އެއްފަރާތުން ކަމަށްވާތީ އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ނޮވެމްބަރ 2023ވާ އަންގާރަ ދުވަހުގެ 11.00އަށް މިއިދާރާއަށް ވަޑައިގެން އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތް ކުރުމަށް ހުޅުވާލެވިފައިވަނީ ރަޖިސްޓްރީ ކުރެވިފައިވާ ކުލަބް ޖަމްޢިއްޔާތަކާއި، ވަކިފަރުދުންގެ ވިޔަފާރިތަކާއި އަދި ކުންފުނިތަކަށެވެ. އަގު ހުށަހަޅުއްވާ ފަރާތްތަކުން ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1އަގެވެ. މި މަސައްކަތަކީ މަރާމާތުގެ މަސައްކަތަކަށްވުމާއެކު، ސައިޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރުމަކީ މުޙިންމު ކަމެކެވެ.
މިމަސައްކަތާއި ގުޅިގެން ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. މިސަރަހައްދުގައި ހުރި 2ރުއް ނަގައި ތަންސާފްކުރުން (ރުކުގެ ބަދަލްގެ ކަންކަން ހަމަޖައްސާނީ ކައުންސިލުން)
2. ވަޅުހިމެނޭ ސަރަހައްދުގެ ބިންގަނޑު ލެވެލްކޮށް ސާފްކުރުން..( ގާތްގަނޑަކަށް 1000އަކަފޫޓް)
3. ވަޅުގެވަށައިގެން، އިމުގެ ތެރޭގައި ހުރި ވެލިތައް ނަގައިސާފްކުރުން...
4. ވަޅުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކުން ( މަރާމާތު ކުރުމުގައި ވަޅުގެ އަސްލު ދަމަހައްޓަންވާނެ)
5. ވަޅުތެރޭގައި ހުރި ގަލާއި، ވެލިތައް ނަގައި ވަޅުސާފްކުރުން.. (ވަޅު ބޭނުން ކުރެވޭވަރު ކުރުން)
6. ވަޅުގައި ފައިބަރ މައްޗެއް އެޅުން ... (ފައިބަރ ދެސެޓް ޖަހައި ދަށުން ސަޕޯޓްއެޅުން އަދި ޖެލްޖަހަނެ)
7. ވަޅުގެ ވަށައިގެން ރާނާފައިވާ ފާރު ސާފްކުރުން އަދި މަރާމާތުކުރުން... ( މަރާމާތު ކުރާނީ މިހާރުވެސް އެމަސައްކަތް ކުރެވިފައިވާ ގޮތުގެމަތިން އަސްލު ނުގެއްލޭގޮތައް..
އިވެލުއޭޓް ކުރުމުގައި މާކުސް ދެވޭނެގޮތް:
އެންމެ ކުޑައަގު |
95% |
މުއްދަތު |
5% |
އަދި ދަންނަވަމެވެ. ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކު އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6780034 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.