މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

  • އަންދާކުނި އަދި ނެޕީ އަޅާ ސަރަހައްދު ބަދަލުކުރުމާއި ގުޅޭ:

 

1-    01 ނޮވެމްބަރ 2023 (މާދަމާ) ހެދުނު 10:00 ން ފެށިގެން މެންދުރުފަހު 15:00 އާ ދެމެދު ނެޕީ އެޅުން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މެންދުރުފަހު 15:00 ން ފެށިގެން ކޮންމެ ދުވަހަކުވެސް ނެޕީއެޅުން އޮންނާނީ ޖެޓީ ހުޅަނގުކޮޅުގައި ބަހައްޓާފައިވާ ޑަސްބިންތަކަށެވެ.

2-    04 ނޮވެމްބަރ 2023 ވާ ހޮނިހިރު ދުވަހުން ފެށިގެން އަންދާކުނި އެޅުން އޮންނާނީ ޖެޓީ ހުޅަގުކޮޅުން ފާހަގަކޮށްފައިވާ ތަނަށެވެ. ކުނިއަޅާ ފަރާތްތަކުން ކުނި މެނޭޖްކުރާ މުވައްޒަފުންގެ އިރުޝާދާ އެއްގޮތަށް ކުނިއެޅުމަށް ދަންނަވަމެވެ.

އަންދާކުނި އަދި ނެޕީ އަޅާތަން ބަދަލުވި ކަމުގައިވިޔަސް އަންދާކުނި އަދި ނެޕީ އެޅުންވެސް އޮންނާނީ ކުރިންވެސް ކުނިއަޅާ ގަޑިތަކުގައެވެ.

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.

މިފަދަ ކަންކަމުގައި ޢާއްމު ރައްޔިތުން ކައުންސިލަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

31 އޮކްޓޫބަރު 2023
ހޯދާ