މާލެއަތޮޅު ހިންމަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ތަރުޖަމާނު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

ތަރުޖަމާނު

ބޭނުންވާ އަދަދު

1 (އެކެއް)

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ. އެސް 3

މަޤާމްގެ ބާވަތް

ދާއިމީ

މަޤާމް ނަންބަރު:

   

އޮފީސް

ހިންމަފުށީ ޞިއްޙީ މަރުކަޒު

ސެކްޝަން:

އެޑްމިން

ރަށް

ކ. ހިންމަފުށި

އަސާސީ މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

އިތުރުގަޑީ ފައިސާ

އިތުރުގަޑީ މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޢެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 

2. ސާނަވީ އިމްތިޙާނަކުން 2 މާއްދައިން ދަށްވެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދައިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

- ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކުން ހުށަހަޅާ ކަންތައްތައް ފުރިހަމައަށް ފަރުވާތެރިކަމާއެކު ޑޮކްޓަރަށް ކިޔައިދިނުމާއި، ޑޮކްޓަރު ދެއްވާ ލަފަޔާއި އިރުޝާދު ބަލިމީހާއަށް އޮޅުންފިލުވައިދިނުން.

- ބެލޭ ބަލިމީހުންނާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުން.

-  ބޭސްސިޓީ ލިޔުމުގައްޔާއި، ލިޔެދެއްވާ ބޭސް ބޭނުންކުރާނެގޮތް ބަލިމީހުންނަށް އޮޅުންފިލުވައިދިނުމުގައި ޑޮކްޓަރަށް އެހީތެރިވުން.

- ހަފުތާއަކު އެއްފަހަރު ބޭއްވޭ އެން.ސީ.ޑީ ކުލިނިކާއި މާބަނޑުމީހުންގެ ކްލިނިކުގެ ރެކޯޑްތައް ބެލެހެއްޓުން.

- ބަލިމީހުން ބަލާ ކޮޓަރިއަށް ބޭނުންވާ ތަކެތި ހަމަކޮށްފައި ބެލެހެއްޓުން.

- ޑެއިލީ ރިޕޯޓާއި، ބެލޭ ބަލިމީހުންނާއި ބަލިތަކާ ގުޅޭ ސަވައިލަންސް ރިޕޯޓްތައް ހެދުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ފައިލްކޮށް ބެލެހެއްޓުން.

- މެޑިކޯ ލީގަލް ކޭސްތަކުގެ ރިޕޯޓް ހެދުމާއި، ރިޕޯޓުގެ ތަރުޖަމާހެދުމާއި، ފައިލްކުރުން.

- މެޑިކަލް ރިޕރޓާއި، ރިފަރަލް ލެޓަރއާއި، ސަލާމުގެ ސެޓިފިކެޓް ހެދުމުގައި ޑޮކްޓަރަށް އެހީތެރިވުމާއި، މިތަކެތި ފައިލްކޮށް ބެލެހެއްޓުން.

- ރޭގަނޑު ބޭއްވޭ އޯ.ޕީ.ޑީ އަށް ގަވައިދުން ހާޒިރުވުން.

- ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުން.

- އެހެން މުވައްޒަފުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.

-  ޞިއްޙީ މަރުކަޒުން ހިންގޭ އެކއެކި ހެލްތު ޕްރޮމޯޝަން ހަރަކާތްތަކާއި، މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ހަރަކާތްތަކުގައި އެހީތެރިވެދިނުން.

- މަތީގައި ވާ މަސައްކަތްތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ވަޒީއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވައިދުތަކާ އެއްގޮތްވާގޮތުގެމަތިން މި އޮފީހުން އަންގާ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

 

އިންޓަރވިއު ކުރުން

 

- މި މަޤާމަށް މީހަކުހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 24 މާރިޗު 2015 އާއި 26 މާރިޗު 2015 އާ ދެމެދުގެ ތާރީޚެއްގައެއެވެ.

- އިންޓަރވިއުއަށް ހޮވޭފަރާތްތަކަށް، ދުވަހާއި ގަޑި، ފަހުން އެންގޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު

2- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުން)

3- ސަރުކާރުގެ ނުވަތަ ސިވިލް ސާރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުއައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމާމެދު މިހާރު ވަޒީފާ އަދާކުރާ ތަނުން އިޢުތިރާޒު ނުކުރާކަމުގެ ލިއުން.

4- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭނޭ ލިއުމެއް.

5- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުއައްޒަފުން އެ މުއައްޒަފެއްގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމް، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންވާނެއެވެ.  ސިވިލް ސަރވިސްގައި ވަޒީފާއަދާކުރަމުންދާ މުއައްޒަފަކުވެސް މި ފޯމް ހުށަނާޅާނަމަ، ފޯމުގައި ހުރި ބައިތަކަށް ބަލައިގެން ދޭންޖެހޭ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.

6- ވަޒީފާއަށް ކުރިމަތިލާ  ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

7- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)

 

ތަކެތި ހުށަޖަޅަންޖެހޭ ގޮތާއި، ހުށަހަޅަންޖެހޭ އޮފީސް

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، 2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމް ފުރައި، ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއެކު، ހިންމަފުށީ ޞިއްޙީ މަރުކަޒަށް ހުށައެޅުން އެދެމެވެ.

- ފުރިހަމަނުކުރާ ފޯމާއި ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ.

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ހިންމަފުށީ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ނޯޓް

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.  

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލާމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން،  މި މަރުކަޒުގެ 6640413 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

 

 14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015
ހޯދާ