ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީ ބަރާސިލް އަވަށު ފުޓްސަލް ދަނޑަށް ބޭނުންވާ ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

އިޢުލާން

ތިނަދޫ ސިޓީ ބަރާސިލް އަވަށު ފުޓްސަލް ދަނޑަށް ބޭނުންވާ ލައިޓް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުމަށްއަލުން އިޢުލާން ކުރަމެވެ.

ތިނަދޫ ސިޓީ ބަރާސީލް އަވަށުގައި ޤާއިމްކޮށްފައިވާ ފުޓްސަލް ދަނޑަށް ބޭނުންވާ ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާނާއި (IUL)415/415/2023/109 (06 އޯގަސްޓް 2023) ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ މިމަސައްކަތް އަލުން އިޢުލާން ކުރަމެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 02 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް   projects@thinadhoo.gov.mvމެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.             

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރެޖިސްޓްރޭޝަން މުއްދަތު

26 އޮކްޓޯބަރ – 02 ނޮވެމްބަރ 2023

 

 

ގދ.ތިނަދޫ ސިޓީ ކައުންސިލް އިދާރާ / މެއިލް

ބީލަން ހުށަހެޅުން

14 ނޮވެމްބަރ 2023

އަންގާރަ

13:30

ގދ.ތިނަދޫ ސީޓީ ކައުންސިލް އިދާރާ ޖަލްސާ ކުރާ މާލަމުގައި

 

26 އޮކްޓޫބަރު 2023
ހޯދާ