ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރެސްމާތޮޑާ ކައުންސިލަށް ބޭނުންވާ ޕިކަޕް ހޯދުމާއި ގުޅޭ

މި އިޢުލާންވަނީ 26 ފެބުރުވަރީ 2024 11:22 ގައި ބާތިލް ކުރެވިފައެވެ.


މި އިދާރާގެ ނަންބަރ: (IUL)423/423/2023/76  އިޢުލާނުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ބީލަމް ހުށަހަޅާފައިނުވާތީ މި އިޢުލާން ބާޠިލް ކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 ނޮވެމްބަރ 2023މ ދުވަހުގެ 13:00ގެ ކުރިން [email protected]  އިޢުލާން ނަންބަރާއި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރ/ އީމެއިލް އެޑްރެސް) މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަންތައް ހުޅުވުން އޮންނާނީ 09 ނޮވެމްބަރ 2023މ ދުވަހުގެ 13:00ގައި ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، " ފަރެސްމާތޮޑާ ކައުންސިލަށް ބޭނުންވާ ޕިކަޕް ސަޕްލައިކޮށްދިނުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލެޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

30 އޮކްޓޫބަރު 2023
ހޯދާ