މަޤާމު
|
ވާރކްސް ސުޕަވައިޒަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ރޭންކް: ޖީ.އެސް 3
|
މުސާރަ
|
މަހަކު: -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު: -/1500 ރުފިޔާ
|
އިނާޔަތްތައް
|
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ
|
ސެކްޝަން/ ޔުނިޓް/ ތަން
|
ފައިނޭންސް އެންޑް އެޗްއާރު / ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް / މާލެ
|
މަޤާމުގެ މަސްއޫލިއްޔަތު
|
އޮފީހުން ޖަމާކުރަންޖެހޭ ފައިސާ ޖަމާކޮށް، ތަކެއްޗާއި ފައިސާ ހަވާލުކުރަން ދިއުން އަދި އިމާރާތުގެ މަރާމާތާ ބެހޭ ކަންކަން ބެލެހެއްޓުން
|
މަޤާމުގެ ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މައްދާއިންދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެއިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން
- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމުލަ އިންސައްތަ %30 އަށްވުރެ މަތިވުން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ދޫކުރާ ޗެކުތަކާ ހަވާލުވުމަށް ދިއުމާއި، ޗެކްތަކުގެ ތެރެއިން ބޭންކުން ކޭޝް ކުރަންޖެހޭ ޗެކްތައް ކޭޝް ކުރުން.
- އޮފީހުން ޖަމާކުރަންޖެހޭ ފައިސާ އެމް.އެމް.އޭ އަށް ޖަމާކުރުން އަދި ނަގަންޖެހޭ ފައިސާ ނެގުމާއި އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ހަވާލުކުރަން ދިއުން.
- ފައިސާގެ ބިލް ހަވާލުކުރަން ދިއުމާއި ސިޓީއާއި އެފަދަ ތަކެތި އެހެން ފަރާތްތަކަށް ހަވާލުކުރަން ދިއުން
- ޖެނިޓަރުންގެ މަސައްކަތްތައް މޮނިޓަރ ކުރުމާއި އޮފީސް އިމާރާތުގެ މެއިންޓަނަންސްއާބެހޭ މަސައްކަތްތައް ބެލެހެއްޓުން
|
ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓު ސައިޒްގެ ފޮޓޯއެއް ތަތްކޮށްފައި) މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ވެބްސައިޓް www.cam.gov.mvގެ ސަރވިސަސްއިން ޑައުންލޯޑް ކުރެވޭނެ.
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ސޮއި އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ސާފު ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)، (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
- ލިބިފައިވާ ލީވިންގ ސެޓްފިކެޓާއި ތަޢުލީމާ ތަމްރީން ދެނެގަތުމަށް ބޭނުންވާ ސެޓްފިކެޓްތަކާއި އެހެނިހެން ލިޔުންތަކުގެ ސާފުކޮޕީ (ތަޢުލީމީ ސެޓްފިކެޓްތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލައި ތައްގަނޑު ޖަހާފައި، ޓްރާންސްކްރިޕްޓްގެ ކޮޕީއާ، ފުރިހަމަ ކުރިކަމުގެ ކޮލެޖްގެ ލިއުމާއެކު).
- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް ވަޒީފާއެއްގައި އުޅުއްވާނަމަ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަޤާމު، ކްލެސިފިކޭޝަން، މުސާރަ، މަސްއޫލިއްޔަތު އަދި މުއްދަތު އެނގޭނެ ރަސްމީ ލިޔުންތަކުގެ ކޮޕީ.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
|
ސުންގަޑި
|
22 މާރިޗު 2015 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ޓެލެކޮމް ބިލްޑިންގ، ހުސްނުހީނާމަގު) އަށް ހުށަހެޅުއްވުން އެދެމެވެ.
|
އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން
|
މިއިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގައެވެ.
|
އިތުރު މަޢުލޫމާތު
|
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކަށެވެ.
- އިންޓަވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި، އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެ އެވެ.
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323344 އެވެ. ފެކްސް: 3320000، މޯބައިލް: 9843344، އީ-މެއިލް: [email protected]
|