ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2023 ނޮވެމްބަރ/ޑިސެމްބަަރ ކެމްބްރިޖް އިންގްލިޝް އިމްތިޙާނަށް އިންވިޖިލޭޓަރުން ހޯދުން

އިޢުލާން

 

2023 ވަނަ އަހަރު ނޮވެންބަރު / ޑިސެންބަރު މަހު މި ޑިޕާޓްމަންޓްއިން ބާއްވާ ކެމްބްރިޖް އިންގްލިޝް އިމްތިޙާން ތަކަށް،  ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުން ހޯދުން

 

2023 ވަނަ އަހަރު ނޮވެންބަރު / ޑިސެންބަރު މަހު މި ޑިޕާޓްމަންޓްއިން ބާއްވާ ކެމްބްރިޖް އިންގްލިޝް އިމްތިޙާންތައް ބެލެހެއްޓުމަށްޓަކައި ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު ޑީޕީއީ އަށް ހުށަހެޅުން އެދެމެވެ.

ބޭނުންވާ އަދަދު:

ޗީފް އިންވިޖިލޭޓަރ

02

އިންވިޖިލޭޓަރ

15

 

 

މަސައްކަތް ކުރިއަށް ދާނެ މަސްތައް:

ނޮވެމްބަރ 23 ން ޑިސެމްބަރ 03 އަށް

އުޖޫރަ:

  1. ޗީފް އިންވިޖިލޭޓަރ ( މަސައްކަތް ކުރާ ކޮންމެ ސެޝަނަކަށް 300 ( ތިންސަތޭކަ) ރުފިޔާ
  2. އިންވިޖިލޭޓަރ ( މަސައްކަތް ކުރާ ކޮންމެ ސެޝަނަކަށް 200 ( ދުއިސައްތަ ) ރުފިޔާ

 

ޝަރުޠު:

ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ޝަރުޠުތައް:

  1. ޗީފް އިންވިޖިލޭޓަރ ކަމުގެ ތަމްރީން ފުރިހަމަ ކޮށްފައިވުން (ހަމައެކަނި ޗީފް އިންވިޖިލޭޓަރުންނަށް)
  2. ދިވެހި ރައްޔިތަކަށް ވުން
  3. އުމުރުން 18 އަހަރު ފުރިފައިވުން
  4. ޖީސީއީ އޯލެވެލް ފެންވަރަށް ދިވެހި ބަހާއި އިނގިރޭސި ބަސް އެނގޭ މީހަކަށްވުން.
  5. އިމްތިޙާންގެ ކެނޑިޑޭޓެއް ކަމުގައި ނުވުން
  6. އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ ، އަނބިމީހާ، ފިރިމީހާ ދަރިއެއް، ދެބޭންގެ ދެދަރި ކުއްޖެއް، މާމަ ކާފަ ދަރިއެއް، އެއްބަނޑު ނުވަތަ  އެއްބަފާ މީހެއް، ބަލަދުވެރިކަމުގެ ދަށިގައިވާ މީހެއް، އެއްބަނޑު /އެއްބަފާ / އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއެއް އަދި ތިމާ އުޅޭ ގޭގައި އުޅޭ ކުއްޖެއް   ކަމުގައި ނުވުން. 

 

މަސްޢޫލިއްޔަތު:

އިމްތިހާން އޮންނަ ގަޑިތަކުގައި ޗީފް އިންވިޖިލޭޓަރ ، އިންވިޖިލޭޓަރެއްގެ ހައިސިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ޑީޕީއީ އިން އަންގާގޮތެއްގެ މަތިން ކުރުން

ހުށަހަޅަންޖެހޭ ތަކެތި:

  1. އިންވިޖިލޭޓުކަން ކުރުމަށް އެދޭ ފޯމު
  2. ތަޢުލީމީ ރޮނގުން ލިބިފައިވާ އެންމެ މަތީ ސެޓިފިކެޓްގެ ކޮޕީ
  3.  ވަނަވަރު
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  5. ބޭންކް އެކައުންޓް ނަންބަރު ކަށަވަރު ކުރާނެ ލިޔުން.

ސުންގަޑި:

 2023 ނޮވެންބަރު 12 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން

އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ  ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު،  ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ހ. އަސްރަފީވިލާ، 2 ވަނަ ފަންގެފިލާ، މަޖީދީމަގު) ނުވަތަ އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.
  • މިކަމާ ގުޅޭ ފޯމުތައް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.

 

 15 ރަބީޢުލްއާޚިރު 1445

30  އޮކްޓޫބަރު 2023

30 އޮކްޓޫބަރު 2023
ހޯދާ