މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޓެކްނިކަލް ސްޕެޝަލިސްޓް ކޮންސަލްޓެންޓެއް ހޯދުން

 ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޓެކްނިކަލް ސްޕެޝަލިސްޓް ކޮންސަލްޓެންޓެއް ހޯދުން

އަރބަން ޑިވެލޮޕްމަންޓް، ޕްލޭނިންގ އަދި ހައުސިންގއާ ގުޅުންހުރި ޕޮލިސީއާއި ސްޓްރެޓަޖީ އަދި އެކްޝަން ޕްލޭން ތައްޔާރުކޮށް އަދި މިނިސްޓްރީއަށް އަރބަން ޑިވެލޮޕްމަންޓާއި ހައުސިންގ ދާއިރާއަށް ފަންނީ ލަފާ ދޭނެ ޓެކްނިކަލް ކޮންސަލްޓެންޓެއް ހޯދުމަށް މި މިނިސްޓްރީގެ ފަރާތުން 12 ޖަނަވަރީ 2015 ގައި ކުރި ނަންބަރު: IUL)138-PS2/138/2015/3) އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅުއްވާފައިވުމާއެކު، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ.

ވީމާ، މި ދެންނެވުނު މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ކޮންސަލްޓެންޓުން "ޕްރޮޕޯޒަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފުރާސްރަކްޗަރުން އަލުން ހުޅުވާލަމެވެ. މި މަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" މިމިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވެލައްވާނަމަ ތިރީގައިވާ މިމިނިސްޓްރީގެ ރަސްމީ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުމަށް ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މި މިނިސްޓްރީ އަށް "ޕްރޮޕޯޒަލް" ހުށަހެޅުއްވުން ދެންނެވީމެވެ.

13 ޖުމާދަލްއޫލާ 1436      

05 މާރިޗު 2015
ހޯދާ