ދިވެހިރާއްޖެ
އެސްޓީއޯ ޕލކގެ އިމާރާތް އަދި ގުދަންތަކުގައި ފަޔަރ އެލާރމް ސިސްޓަމެއް ޤާއިމުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
އެސްޓީއޯ ޕލކގެ އިމާރާތް އަދި ގުދަންތަކުގައި ފަޔަރ އެލާރމް ސިސްޓަމެއް ޤާއިމުކޮށް، އެއް އަހަރުދުވަހަށް (ކޮންމެ މީލާދީ މަހަކު އެއް ފަހަރު) ސާރވިސްކޮށް ބެލެހެއްޓުމާއި އަދި އެލާރމް ސިސްޓަމް ޑިޒައިންކޮށް އެމް.އެން.ޑީ.އެފް އިން ކުރެހުން ފާސްކޮށް، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތް: އެސްޓީއޯ ޕލކގެ އިމާރާތް އަދި ގުދަންތަކުގައި ފަޔަރ އެލާރމް ސިސްޓަމެއް ޤާއިމުކޮށް ބެލެހެއްޓުމުގެ މަސައްކަތް
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2015 މާރިޗު 15 ވާ ދުވަހުގެ 14:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 މާރިޗު 15 ވާ ދުވަހުގެ 16:00 ގެ ކުރިން އީމެއިލްގެ ޒަރީޢާއިންނެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ އެންމެހައި ފަރާތްތަކަށް 2015 މާރިޗު 16 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 މާރިޗު 21 ވާ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކަށްް 2015 މާރިޗު 22 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 މާރިޗު 29 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:
ފޯން: 3344402 ، 3344196
ފެކްސް: 3344633
އީމެއިލް: [email protected]