މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުއްވުމުގެ ދައުވަތު - މޯލްޑިވްސް ޕޮލިޓެކްނިކްގައި ޤާއިމްކުރަން ބޭނުންވާ ޑޭކެއާ ފެސިލިޓީގެ ކޮންސެޕްޓް ޑިވެލޮޕްކުރުން (ކޮންސަލްޓެންޓް)

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން                         

 މާލެ، ދިވެހިރާއްޖެ

 

އިއުލާން ނަމްބަރު: (IUL)475/475/2023/215

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުއްވުމުގެ ދައުވަތު (ކޮންސަލްޓެންޓް)

 

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ކުރިޔަށްގެންދާ ' މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު' ޕްރޮޖެކްޓަށް ކޮންސަލްޓަންޓެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)475/475/2023/173 އިއުލާނަށް އެކްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ފުރިހަމަވެފައި ނުވާތި މި އިއުލާން ބާތިލްކޮށް އަލުން ކޮންސަލްޓަންޓެއް ހޯދުމަށް އިއުލާންކުރީމެވެ.

 މަގާމް: މޯލްޑިވްސް ޕޮލިޓެކްނިކްގައި ޤާއިމްކުރަން ބޭނުންވާ ޑޭކެއާ ފެސިލިޓީގެ ކޮންސެޕްޓް ޑިވެލޮޕްކުރުން (ކޮންސަލްޓެންޓް)

މަސައްކަތް ކުރަންޖެހޭ އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް

ބޭނުންވާ އަދަދު:    1 (އެކެއް)

  

އެޕްލިކޭޝަން ހުށައެޅުން:

 ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހު ގެ މެންދުރު  14:00 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް އާއެކު ކަމާގުޅުންހުރި ވެލިޑޭޓްކޮށްފައިވާ ލިޔެކިޔުންތަށް އަދި ވަނަވަރު، ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް/އެޑްރެހަށް ފޮނުވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އެޕްލިކޭޝަންއާއި އެކު ހުށައަޅުއްވަން ޖެހޭ ލިޔެކިޔުން:   

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  • ސީ.ވީ
  • އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރތަކުގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ

 

ޓަރމްސް އޮފް ރެފަރަންސް:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު  މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް[email protected]   އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.  

 

ކޮންސަލްޓަންޓަކު ހޮވުން

ކޮންސްލްޓަންޓެއް ކަނޑައަޅާނީ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހުއެވެ. 

   

ނޯޓް: މި ކޮންސަލްޓަންސީ އަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއުރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.

މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށް:

 މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

ގުޅޭނެ ނަންބަރ: 3026975/3026982

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ

އީމެއިލް :[email protected] 

29 އޮކްޓޫބަރު 2023
ހޯދާ