ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަކުނުދޫ ކައުންސިލަށް 2 ޓަނު (ޕަވަގޭޓް ލީ) ޕިކަޕެއް ގަނެދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

މަކުނުދޫ ކައުންސިލަށް 2 ޓަނު (ޕަވަގޭޓް ލީ) ޕިކަޕެއް ގަނެދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މަކުނުދޫ ކައުންސިލަށް 2 ޓަނު ޕިކަޕެއް (ޕަވަގޭޓް ލީ) ގަނެދޭނެ ފަރާތެއް ހޯދުމަށް 2023 އޮކްޓޯބަރ 05ގައި ކުރެވުނު އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ  އަގަކީ އެންމެ އެކަށީގެންވާ އަގަކަށްނުވާތީ އަލުން އިޢުލާން ކުރަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް  29އޮކްޓޯބަރ 2023 ން 06 ނޮވެމްބަރ 2023 ގެ 09:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 06  ނޮވެމްބަރ 2023 ވަނަ ދުވަހުގެކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް އެކަން ސާފުކުރެއްވުންއެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 06 ނޮވެމްބަރ 2023 ވަނަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.

މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ޕްރޮކިއުމަންޓް ޔުނިޓް

  • މަކުނުދޫ ކައުންސިލް އިދާރާ
  • ހދ.މަކުނުދޫ
  • ފޯން:  9115827/6520038
  • އީމެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

29 އޮކްޓޫބަރު 2023
ހޯދާ