މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު: 1

މުސާރަ: 7,000.00ރ

އެލަވަންސް: ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 2,500.00ރ އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި -/50ރ މި އޮފީހުގެ ބޯޑުން ނިންމަވާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދެވޭނެއެވެ. 

ފެންވަރު ނުވަތަ ޝަރުތު:

  • ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން އެކައުންޓިންގ މި މާއްދާ ހިމެނޭގޮތަށް މަދުވެގެން 3 "ސީ" ފާސް ލިބިފައިވުން. އަދި ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މިމާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.
  • ކަމާގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން ރަނގަޅަށް އެނގުން. (މިދާއިރާއިން ތަމްރީނު ލިބި ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  • ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ސިޓީ، އީމެއިލް ނުވަތަ ފެކްސް އަކުން ސީ.ވީ، އެޓެސްޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމާއެކު، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 3309908 (އެކްސްޓެންޝަން: 134، 335)

ފެކްސް: 3307759

އީމެއިލް: [email protected]

09 މާރިޗު 2015
ހޯދާ