ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ކ.ތިލަފުށީގައި ހުންނަ ޕަބްލިކް ސާރވީސް މީޑިއާގެ ޓްރާންސްމީޓިންގ ސްޓޭޝަން ގޯތިތެރޭގައި ފެންވަޅެއް ބެހެއްޓުން

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2023/288

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-55-23) GSRF-PSM-GA/2023/152

 

 

 

އިޢުލާން

  • ·  ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

             ކ.ތިލަފުށީގައި ހުންނަ ޕަބްލިކް ސާރވީސް މީޑިއާގެ ޓްރާންސްމީޓިންގ ސްޓޭޝަން ގޯތިތެރޭގައި މުވައްޒަފުން ބޭނުންކުރުމަށް އާ ފެންވަޅެއް ބަހައްޓާ ފެންމޯޓަރ ހަރުކޮށް، އެތަނުގައިހުރި 6 ފާޚާނާ އާއި 1 ބަދިގެއަށް ފެންވައިރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

              ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 07 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 00:10 އަށް ޕީ.އެސް.އެމް (ޓީވީބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 

                     ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް  މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. 

            14 ރަބީޢުލްއާޚިރާ 1445      

            29 އޮކްޓޯބަރ 2023

29 އޮކްޓޫބަރު 2023
ހޯދާ