ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-390711

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، ކ. މާލެ

މުސާރަ:

3100.00ރުފިޔާ

ސަރވިސް އެލަވަންސް:

1000.00ރުފިޔާ

އެހެނިހެން އެލަވަންސް:

1. ސަޕޯޓިން ކޯ އެލަވަންސްގެ ގޮތުގައި -/1200ރުފިޔާ

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

3. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އަށްވާ ފައިސާ.

5- މިނިމަމް ވޭޖުގެ އެލަވަންސްގެ ގޮތުގައި -/832ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޙަވާލުކުރެވިފައިވާ ސަރަހައްދު ކޮންމެ ރަސްމީ ދުވަހަކު 1 ފަހަރު ކުނިކަހައި، މޮޕްކޮށް، ޑަސްޓްބިންތައް ހުސްކުރުން
  2. ޙަވާލުކުރެވިފައިވާ ސަރަހައްދުގެ މޭޒުތަކުގައި ބެހެއްޓިފައިވާ ލިޔެކިޔުންތަކާއި ތަކެއްޗަށް ގެއްލުމެއް ނުވާނޭހެން ކޮންމެ ދުވަހަކު ފޮޅާ ސާފުކޮށް ބެލެހެއްޓުން
  3. ޙަވަލުކުރެވިފައިވާ މީޓިންގރޫމް ކޮންމެ ދުވަހަކު މަދުވެގެން 1 ފަހަރު ކުނިކަހައި، މޮޕްކޮށް، ޑަސްޓްބިންތައް ހުސްކޮށް، މީޓިންގރޫމްގައި ބަހައްޓާފައިވާ ފެންފުޅިތަކަށް ފެންއަޅައި ތަށިތައް ދޮވެފައި ތަބަކުގައި މަތިޖަހާފައި ބެހެއްޓުމާއި މީޓިންގރޫމް / ސެމިނަރ ރޫމްގައި ބަހައްޓާފައިވާ ގަސްތަކުގެ ފެން ހަފްތާއަކު 1 ފަހަރު ބަދަލުކުރުން
  4. ޙަވަލުކުރެވިފައިވާ ފާހާނާ ކޮންމެ ދުވަހަކު މަދުވެގެން 1 ފަހަރު ދޮވެ، ސާފުކޮށް، ޑަސްޓްބިން ހުސްކޮށް، ފާހާނާގައި ބޭނުންކުރާތަކެތި ހުސްނުވާނެ ނިޒާމެއްގެ ދަށުން ސްޓޮކުން ހޯދައި، އެ ތަކެތި ހުސްނުވެ ހުންނާނެ އިންތިޒާމް ހަމަޖެއްސުން
  5. މި އިންސްޓިޓިއުޓުން ބާއްވާ ތަމްރީން ޕްރޮގްރާމްތަކާއި، ޖަލްސާ / ސެމިނަރ ފަދަ ހަރަކާތްތަކަށް ސައި / ކޮފީ ތައްޔާރު ކުރަންޖެހޭ ކޮންމެ ދުވަހަކު ސައި / ކޮފީ ތައްޔާރުކުރުމާއި ނިމުމުން ތަށިތައް ނަގައި، ދޮވެ ސާފުކުރުން
  6. މި އިންސްޓިޓިއުޓުން އެކި ފަރާތްތަކަށް ފޮނުވާ ރަސްމީ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި، އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތިން އެ ފަރާތްތަކަށް ރައްދުކުރުން
  7. މި އިންސްޓިޓިއުޓުގައި ބެހެއްޓިފައިވާ ފަރުނީޗަރު އަދި ހިފާގެންގުޅޭ ތަކެތި ބަދަލުކުރަން ޖެހޭ ހާލަތްތަކުގައި އެއްތަނުން އަނެއްތަނަށް ރައްކާތެރިކަމާއެކު ތަކެއްޗަށް ގެއްލުން ނުވާނޭހެން ބަދަލުކުރުން
  8. މި އިންސްޓިޓިއުޓްގެ ބޭނުންތަކަށް ނަގާ ކޯޓޭޝަން، އޮފީހުން އަންގާ ގޮތެއްގެ މަތިން ކޯޓޭޝަން ނަގަން ދިއުން
  9. މި އިންސްޓިޓިއުޓަށް ބޭނުންވާ މުދާ ނެގުމުގައި ފަރުވާތެރިކަމާއި، ރައްކާތެރިކަމާއެކު އެފަދަ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާ ވަގުތެއްގައި އެހީތެރިވެދިނުން
  10. މި އިންސްޓިޓިއުޓްގެ ސައިކޮޓަރި ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުމާއި ތަށި، ސަމުސާ، ސިންކް ފަދަ ތަކެތި ދޮވެ ސާފުކުރުން. ސައިކޮޓަރީގައި ގެންގުޅޭ ހަރުމުދަލަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެކަމެއްގެ މަޢުލޫމާތާއި ސައިކޮޓަރިއަށް ބޭނުންވާ ތަކެތި ހޯދުމަށް އެޑްމިން އެންޑް އެޗް.އާރް ޔުނިޓްގެ ސަމާލުކަމަށް ގެނައުން
  11. ޙަވާލުކުރެވިފައިވާ ސަރަހައްދުގެ ބިއްލޫރިތައް ހަފްތާއަކު 1 ފަހަރު ފޮހެ ސާފުކުރުން
  12. މި އިންސްޓިޓިއުޓުން ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގައްޔާއި ނީލަން ކިޔުމުގައި ތަކެތި އުފުލައި އެހީތެރިވެދިނުން

މަޤާމުގެ ޝަރުޠުތައް:

ތަޢުލީމީ ފެންވަރު:

ލިޔަން ކިޔަން އެގުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް

ޕްރިފަރޑް ޑިސިޕްލިން: ނެތް

ކޯ ޑިސިޕްލިން: ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx އަދި އިދާރާގެ ވެބްސައިޓުންނާއި https://www.nie.edu.mv/index.php/en/home-nie/forms/job-application-forms/1032-application-form ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން: %50
  2. އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު: %5
  3. އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ: %5
  4. އިންޓަރވިއު: %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 02ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، ސްޓާ ކްލައުޑްސް ބިލްޑިންގގެ 5ވަނަ ފަންގިފިލާގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ލިޔެކިޔުންތައް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރެއްވުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާނު އޮންނާނީ، 2023 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 13ވަނަ ދުވަހާއި 2023 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 16ވަނަ ދުވަހާއި ދެމެދު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، ސްޓާ ކްލައުޑްސް ބިލްޑިންގެ 5ވަނަ ފަންގިފިލާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3023503 ނުވަތަ 3323242އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

14 ރަބީޢުލްއާޚިރާ 1445

29 އޮކްޓޫބަރު 2023
ހޯދާ