މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް އިންޖިނިއަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި އިނާޔަތްތައް

-/6،295 ރ ސަރވިސް އެލަވަންސް: -/3،500 ރ، އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35

( އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ.މާލެ / މޯލްޑިވްސް އެނަރޖީ އޮތޯރިޓީ/ ރެގިއުލޭޝަންސް ޑިވިޝަން/ ޓެކްނިކަލް ރެގިއުލޭޝަންސް ސެކްޝަން/ ޓެކްނިކަލް އިންސްޕެކްޝަންސް އެންޑް މީޓަރ އެގްޒޭމިނޭޝަންސް ޔުނިޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • އެނަރޖީ، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެނަރޖީ، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެނަރޖީ، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެނަރޖީ، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެނަރޖީ، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • އެނަރޖީ، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޕަވަރަ ސިސްޓަމް ޑިޒައިންތައް ފާސްކުރުން.
  • ޕަވަރ ސިސްޓަމްތައް ގަވާއިދަށް ފެތޭތޯ މޮނިޓަރކުރުން.
  • ޕަވަރ ސިސްޓަމްތައް ރަޖިސްޓަރކޮށް އޮޕަރޭޓިން ލައިސަންސް ދޫކުރުން.
  • ޕެނަލްބޯޑުގެ ޑިޒައިން ފާސްކުރުން.
  • ގަވާއިދުތަކާއި މިންގަނޑުތަކާ ބެހޭ ޓެކްނިކަލް މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުން.
  • ގަވާއިދުތަކާއި މިންގަޑުތަކާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
  • އަލަށް އެކުލަވައިލެވޭ ގަވާއިދުތައް ތަންފީޛުކުރުމަށް އެހީތެރިވެދިނުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3019100 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • އެނަރޖީ ރެގިއުލޭޝަންއާ ބެހޭ ދާއިރާގައި ނުވަތަ ގުޅުން ހުރި ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މިންވަރު.
  • އެނަރޖީ ސެކްޓަރގެ އެކިއެކި މަޝްރޫޢުތައް ރާވައި ހިންގުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ހަކަތައިގެ ދާއިރާއިން އެކުލަވައިލަން ޖެހޭ ތަފާތު  ބައިނަލްއަޤުވާމީ އަދި ޤައުމީ ފެންވަރުގެ ރިޕޯޓުތައް އިލްމީ ދިރާސާގެ އަލީގައި ލިޔެ ތައްޔާރުކޮށް އާންމުކުރުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ހަކަތައިގެ ދާއިރާއާ ގުޅޭ މައްސަލަތަކުގައި ލަފާދިނުމުގެ ޤާބިލުކަމާއި، ޤައުމީ، އަދި ބައިނަލްއަޤުވާމީ ފޯރަމްތަކުގައި ދާއިރާ ތަމްސީލު ކުރުމުގެ ތަޖުރިބާއާއި ޤާބިލުކަން ލިބިފައިވާ މިންވަރު.
  • އެނަރޖީ ސިސްޓަމް ދިރާސާކުރުމަށް ބޭނުންކުރާ ސޮފްޓްވެއަރ ބޭނުންކުރަން އެނގުން.
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 15:00 އަށް ލިބިވަޑައިގަންނަވާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ސުންގަޑި: 24 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް.

އިންޓަރވިއު އާއި އިމްތިޙާން ކުރުން 24 މާރިޗު 2015 އާއި 24 އެޕްރީލް 2015 އާ ދޭތެރޭގައި މި އޮތޯރިޓީގައި އޮންނާނެއެވެ.

13 ޖުމާދަލްއޫލާ 1436  

04 މާރިޗު 2015
ހޯދާ