ދިވެހިރާއްޖެ
މިއެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގެ 10.1 އަދި 10.2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިއެސޯސިއޭޝަނުގެ ކޯޗެސް ކޮމިޓީ އަދި ރެފްރީސް ކޮމިޓީ އެކުލަވާލުމަށް 23 ސެޕްޓެމްބަރ 2023 ގައި ކުރެވުނު ޢިއުލާން ނަންބަރު: No:1/HB/2023/11 ގެ މުއްދަތު 30 ސެޕްޓެމްބަރ 2023 އަށް، ހަމަވިއިރު ކޯޗަސް ކޮމިޓީއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކަކީ:
ހޭންޑްބޯލް މޯލްޑިވްސް: ކޯޗަސް ކޮމިޓީއަށް ކުރިމަތިލާފައިވާ ފަރާތްތައް
# |
ނަން |
މަގާމް |
އައިޑީކާޑް ނަންބަރ |
1 |
އިބްރާޙިމް ހައިޝަމް އަބްދުﷲ |
މެމްބަރު |
A103466 |
2 |
އިބްރާޙިމް ރައުފް |
މެމްބަރު |
A100158 |
3 |
މުޙައްމަދު ލައްމާހު އިބްރާޙިމް |
މެމްބަރު |
A351400 |
4 |
ހަސަން ފަހީމް |
މެމްބަރު |
A147354 |
5 |
އަލީ ޞަފީހް ސާމިރު |
މެމްބަރު |
A035592 |
6 |
ހުސެއިން އަޒްހަމް |
މެމްބަރު |
A078245 |
7 |
އިސްމާއިލް ރިޝާދު |
މެމްބަރު |
A050580 |
ކޯޗެސް ކޮމިޓީ އަދި ރެފްރީސް ކޮމިޓީ އެކުލަވާލުމަށް ރެފްރީން ނާއި ކޯޗުން ރަޖިސްޓްރީވުމަށް 04 ޖޫން 2023 ގައި ކުރެވުނު ޢިއުލާން ނަމްބަރ : No:1/HB/2023/7 މުއްދަތު 18 ޖޫން 2023 އަށް ހަމަވިއިރު ކޯޗުންގެ ގޮތުގައި ރަޖިސްޓްރީވެފައިވަނީ ޖުމްލަ 135 ކޯޗުންނެވެ. ރަޖިސްޓްރީވެ ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ އެންމެހާ ކޯޗުންގެ މަޢުލޫމާތު ލިސްޓް މިޢިއުލާން އާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވާލަމެވެ. އަދި މި ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަން ބަޔާންކޮށް 30 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރީން މި އެސޯސިއޭޝަނަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
12 އޮކްޓޯބަރ 2023 ގައި ކުރެވުނު ޢިއުލާން ނަމްބަރ : No:1/HB/2023/14 ގައި ބަޔާންކުރެވިފައިވާފަދައިން މި އިންތިޙާބް 31 އޮކްޓޯބަރ 2023 ވަނަ ދުވަހުގައި ބޭއްވުމަށް މި އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީއިން ނިންމާފައިވާކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އިންތިޙާބްގައި މާލޭގެ އިތުރުން އަތޮޅުތެރޭގައި ހަރަކާތްތެރިވަމުން އަންނަ ގިނަ އަދަދެއްގެ ކޯޗުން ޝާމިލްވާތީވެ މި އިންތިޙާބްގެ ވޯޓްލުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ އިންތިޙާބުގެ އެންމެހާ ކަންކަން ވިލަރެސް ކުރުމަށް އައްޔަނު ކުރާ އިލެކްޓޯރިއަލް ކޮމިޓީގެ ބެލުމުގެ ދަށުން ޒޫމް މެދުވެރިކޮށް އަދި އޮންލައިން ވޯޓިންގ ޕްލެޓްފޯމް އެއް މެދުވެރިކޮށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަނޑައެޅޭ ވަގުތެއްގައި ބޭނުންކުރުމަށް ވަކިން ލޮގިންވެ ވޯޓްލެވޭނެ އިންތިޒާމް އާއިއެކުގައެވެ. އަދި ކުރިމަތި ލައްވާފައިވާ ފަރާތްތަކުން ބޭނުންފުޅުނަމަ މޮނިޓަރ ކުރުމަށް އެފަރާތަކުން ކަނޑައަޅާ ބޭފުޅެއް އައްޔަނުކޮށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ލިބިލައްވާނެކަންވެސް ދަންނަވަމެވެ.
ކޯޗަސް ކޮމިޝަން އަށް ހޮވާ 4 (ހަރަތެއް) މެމްބަރުން ހޮވުމަށް 31 އޮކްޓޯބަރ 2023 ގައި ވޯޓްލާނެ ގަޑި ފަހުގެ ތާރީހެއްގައި އިއުލާންކުރެވިގެން ދާނެކަންވެސް އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ވޯޓް ލުމުގެ ކަންކަން ކުރިއަށް ގެންދާގޮތުގެ މަޢުލޫމާތު ރަޖިސްޓްރީ ވެފައިވާ އެންމެހާ ފަރާތްތަކާއި އީމެއިލް އިން ޙިއްޟާކުރެވޭނެކަންވެސް ދަންނަވަމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަން ގެ ޖެނެރަލް ސެކެޓްރީ 9879555 ގުޅުއްވުން އެދެމެވެ.