ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ބާއްވާ " ބޭސިކް ފަހާކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ބާއްވާ " ބޭސިކް ފަހާކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން 2023 ނޮވެމްބަރު މަހުގެ 15 ން 2023 ޑިސެމްބަރ މަހުގެ 04 އަށް (20 ދުވަހަށް)، 20 ބައިވެރިންނަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ބޭސިކް ފަހާކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

ފަހާކޯސް ހިންގައިދޭ ފަރާތުން ކުރަންޖެހޭ  މަސައްކަތުގެ ތަފްސީލް ތިރީގައި އެވަނީއެވެ؛

 

  1. މިކޯސް ކުރިޔަށް ގެންދާ ފަރާތަކުން ބައިވެރިން ބޭނުންކުރާ ފަހާފޮށި އަދި ކަތުރު ފިޔަވައި އެހެނިހެން ތަކެތި ފޯރުކޮށްދޭންޖެހެއެވެ.
  2. ކޯސް ކުރިޔަށް ގެންދާ ފަރާތުން ދަސްކޮށްދޭންޖެހޭ ކަންތައްތައް:
  • މިންނެގުން.
  • ކަނޑަން އެގުން.
  • ފެހުން (ބާލީސް އުރަ، އާދައިގެ ހަރުވާޅު، އާދައިގެ އަރިފެޅި ހެދުން، ބޮޑު ހެދުން އަދި ވަށްބުރުގާ ފެހުން)

ވީމާ، މިކަންކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 ނޮވެމްބަރ 02 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ ޕްރޮކިއުމަންޓް މެއިލް [email protected] އަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަމްބަރ 6520065 އަށް ގުޅުއްވުން އެދެމެވެ.

26 އޮކްޓޫބަރު 2023
ހޯދާ