ދިވެހިރާއްޖެ
ގައްދޫ ބަނދަރުން ދެމުންގެންދިޔަ ފެނާއި ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފުރިހަމަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ހުޅުވާލަމެވެ.
- އުތުރު ބަނދަރުގައި ހުރި ކަރަންޓު، 3 ޑިސްޓްރިބިއުޝަން އަދި ދެކުނު ބަނދަރުގައިހުރި 4 ޑިސްޓްރިބިއުޝަނަށް މަދުވެގެން 50 ރުފިޔާގެ ފީއެއްދެއްކުން.
- އުތުރު ބަނދަރާއި ދެކުނު ބަނދަރުގައި ހުރި 2 ފެން މީޓަރުން މަދުވެގެން 50 ރުފިޔާގެ ފީއެއްދެއްކުން.
- ބަނދަރުގައި ހަރުކޮށްފައިވާ ކަރަންޓް ޑިސްޓްރިބިއުޝަން އަދި ފެނުގެ މައި މީޓަރުތަކަށް ޒިންމާވުމާއި އަދި އޭގެ ބިލްތައް ދެއްކުމަކީ ޚިދުމަތް ފޮރުކޮށްދޭ ފަރާތުގެ ޒިންމާއެކެވެ.
- ވަޅު ފެނުގެ ޚިދުމަތްދިނުމަކީ ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެކެވެ.
- ޚިދުމަތް ދިނުމަށްޓަކައި ހޯދަންޖެހޭ ތަކެއްޗާއި އަދި އެތަކެތި އިންސްޓޯލް ކުރުމަކީ ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ އަމިއްލަ ޒިންމާއެކެވެ.
- އުތުރު ބަނދަރާއި، ދެކުނު ބަނދަރު އަދި ޓީޖެޓީ ހިމެނޭހެން އެންމެ މަދުވެގެން މިއިޢުލާނާއި އެކުގައިވާ ކުރެހުމުގައިވާ ޕޮއިންޓްތަކުން ކަރަންޓާއި އަދި ފެނުގެ ޚިދުމަތް ފަސޭހަކަމާއިއެކު ލިބެންޖެހޭނެއެވެ.
- ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭނީ ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ 002/2021/419 ނަންބަރު އުޞޫލު، 'ގދ.ގައްދޫ ބަނދަރުން ފެނާއި ކަރަންޓް ދޫކުރުމާއި ބެހޭ އުޞޫލު' ގައި ކަނޑައަޅައިފައިވާ ގޮތާއި އަދި އޭގައި އަގު ނެގޭނެ މިންވަރުކަމަށް ބުނެފައިވާ ޓެރިފް ރޭޓްތަކާއި އެއްގޮތަށެވެ. އެއަށްވުރެ ބޮޑުކޮށް ޚިދުމަތް ދިނުމުގައި އަގު ނުނެގޭނެއެވެ.
- ޚިދުމަތް ދިނުމަށްޓަކައި ކޮންޓްރެކްޓްކުރެވޭ މުއްދަތަކީ 5 އަހަރު ދުވަހެވެ.
- ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް މަތީގައި 1 ވަނަ ނަންބަރު އަދި 2 ވަނަ ނަންބަރުގައި ބުނާ ފީ 6 މަސް ދުވަހުގެ މުއްދަތައް ދައްކާކަށް ނުޖެހޭނެއެވެ.
10. ބިޑް ކާމިޔާބުކުރާ ފަރާތުން، ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެގްރިމަންޓްގައި ސޮއިކުރުމުގެ ކުރިން 5 ހާސް ރުފިޔާގެ ޕްރޮޕަޓީ ސެކުއިރިޓިއެއްގެ ގޮތުގައި ޑިޕޮސިޓެއް ބަހައްޓަންޖެހޭނެއެވެ.
ޚިދުމަތް ދިނުމަށްޓަކައި ބަނދަރު ސަރަޙައްދުގެ މަލަމަތި ހަޑިނުވާނެ ދިމާލަކުން އަދި ވަޅުފެން ދޫކުރުމާއި އޭގެ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމަށްޓަކައި ކޮންޓްރޯލް ހަޓެއް ނުވަތަ ބޫތެއް ޤާއިމްކުރަން ބޭނުންވާ ސައިޒުގެ ބިންކޮޅެއް އެފަރާތަށް ލިބޭނެއެވެ.
- މާރކްސް ދެވޭނެ މިންގަނޑު:
|
މާރކްސް ދެވޭ ބައިތަކާއި މިންގަނޑުތައް |
ޕަސެންޓޭޖް |
1 |
ކަރަންޓު އަދި ފެން ކަނެކްޝަންތަކަށް ހުށަހަޅާ އަގު(މަދުވެގެން 50 ރުފިޔާ) |
90 |
2 |
ތަޖުރިބާ(ޢާންމު ޚިދުމަތާއި ގުޅުންހުރި ދާއިރާ) |
10 |
- 2. ހުށަހަޅަންޖެހޭ ތަކެތި:
2.1. ބީލަމަށް އެދި ހުށަހަޅާ ސިޓީ
2.2. ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް
2.3. ޕްރޮޕޯސަލް (ޕްރޮޕޯސަލްގައި، ކަރަންޓު އަދި ފެން ކަނެކްޝަންތަކަށް ހުށަހަޅާ އަގު(މަދުވެގެން 50 ރުފިޔާ)
2.4. ތަޖުރިބާގެ ލިޔުންތައް
2.5. މިނަންބަރުގެ 13.1 އިން ފެށިގެން 13.3 ވަނަ ނުކުތާއާއި ހަމައަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިނުވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެއެވެ.
- ޕްރޮޕޯސަލްތައް ބަލައިގަތުމާއި ޕްރޮޕޯސަލް ކެޑުން އޮންނާނީ ގދ. ގައްދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި 23 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހު މެންދުރު 11:00 ގައި ގދ.ގައްދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ޕްރޮޕޯސަލްތައް ހުށަޅާ ފަރާތްތަކުގެ ތެރެއިން ހާޒިރުވި ފަރާތްތަކުގެ ހާޒިރުގައެވެ. މިބައްދަލުވުމުގައި ޕްރޮޕޯސަލްތައް ބަލައިގަނެ ހުށަހެޅި ފަރާތްތައް ހުށަހެޅި އަގު އަދި ތަޖުރިބާގެ މުއްދަތު އެގޭނެހެން ޕްރޮޕޯސަލް ބަލައިގެންފިކަމުގެ ލިޔުމެއް ދެވޭނެއެވެ.
- މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމަށް [email protected] އަށް މެއިލްކޮށްދެއްވުންއެދެމެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާއިރުގައި ބަނޑޭރިގަނޑުގައި ތިރީގައިމިވާ ގޮތަށް އިޢުލާނުގެ ނަމާއި ނަންބަރު ޞުރުޚީގެ ގޮތުގައި ޖެއްސެވުންއެދެމެވެ.
އިއުލާނު: 419/419/2023/109(IUL)
ވިޔަފާރި އުޞޫލުން ގައްދޫ ބަނދަރުން ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުން ގދ. ގައްދޫ ކައުންސިލް އިދާރާ ގދ. ގައްދޫ |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 އޮކްޓޯބަރު 2023