މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ ބޯހިމެނުމުގެ މައުލޫމާތު އަތޮޅު ފެންވަރުގައި ހިއްސާކޮށް ބޯހިމެނުމުގެ މައުލޫމާތު ބޭނުންކުރުމަށް މީހުން ތަމްރީންކޮށްދޭނެ 20 ޓްރޭނަރުން ހޯދުމާއި ގުޅޭ

އިޢުލާން

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ މައުލޫމާތު އަތޮޅު ފެންވަރުގައި ހިއްސާކޮށް ބޯހިމެނުމުގެ މައުލޫމާތު ބޭނުންކުރުމަށް މީހުން ތަމްރީންކޮށްދޭނެ 20 ޓްރޭނަރުން ހޯދުމާއި ގުޅޭ

2022 ވަނަ އަހަރު ކުރިއަށް ގެންދެވުނު ބޯހިމެނުމުގެ މައުލޫމާތު މިހާރު މިވަނީ އާންމު ކުރެވިފައެވެ. އަދި ބޯހިމެނުމުގެ ނަތީޖާއަށް ބިނާކޮށް މިބިއުރޯއިން މިގެންދަނީ އަތޮޅު ޕްރޮފައިލް ތައްޔާރު ކުރަމުންނެވެ. މިމައުލޫމާތު އަތޮޅުތަކާއި ހިއްސާކޮށް ރަށު ފެންވަރުގައި ބޯހިމެނުމުގެ މައުލޫމާތު ބޭނުންކުރަން ދަސްކޮށް ދިނުމަށް އަތޮޅުތަކުގައި ތަމްރީން ކުރިއަށް ގެންގޮސް ދޭނެ 20 ޓްރެއިނަރުން ހޯދުމަށް މިބިއުރޯއިން ބޭނުންވެއެވެ. އަދި މިކަމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް އިއުލާން ކުރަމެވެ.

މިމަސައްކަތަށް ކުރިމަތިލައިގެން ހޮވޭ ފަރާތްތަކަށް 3 ދުވަހުގެ ތަމްރީން ޕްރޮގްރާމްއެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިތަމްރީން ފުރިހަމަކުރުމަށްފަހު އަތޮޅުތަކުގައި 2 ދުވަހުގެ ތަމްރީން ޕްރޮގްރާމްއެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވެއެވެ. މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނު ދުވަސްވަރު އަދި މަސައްކަތުގައި ހޭދަވާ ދުވަސްތަކަށް އެލަވަންސް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިއެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ތަމްރީނު ފުރިހަމަކޮށް، މަސައްކަތް ފުރިހަމަކޮށް ނިމުނީމައެވެ.

ވީމާ، 2022 ގެ ސެންސަސް ޑިސެމިނޭޝަންގައި ޓްރޭނަރެއްގެ ގޮތުން ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތައް 02 ނޮވެމްބަރ 2023 ގެ 14:00 ގެ ކުރިން މިބިއުރޯގެ ވެބްސައިޓް https://statisticsmaldives.gov.mv/applicationform/census2022dissemination/form.php  އިން އޮންލައިންކޮށް ޓްރޭނަރުންގެ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް އެދެމެވެ.  

މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ މިބިއުރޯގެ ވެބްސައިޓް އަދި މި މިބިއުރޯގެ ފޯނު ނަންބަރު 3008400 / 3008408 އަށް ގުޅުއްވުން އެދެމެވެ.

26 އޮކްޓޫބަރު 2023
ހޯދާ