ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އެންވަޔަންމަންޓް އެނަލިސްޓް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2/ އެމް. އެސް. 2
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
- -/6،295 ރުފިޔާ
- -/2,000 ރުފިޔާ
- މުސާރައިގެ %35
|
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެންވަޔަރަންމަންޓް ޑިޕާރޓްމަންޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއާ ގުޅުން ހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއާ ގުޅުން ހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- އިންޓަރނޭޝަނަލް ރިލޭޝަންސް ދާއިރާއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކަށް ޢަމަލުކުރެވެމުންދާގޮތް ބަލައި މޮނީޓަރކޮށް ކޮންމެ 6 މަހުން އެއްފަހަރު އެކަމާގުޅޭ ރިޕޯޓެއް ތައްޔާރުކުރުން.
- ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ރާއްޖެއިން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތަކާއި، ރިޕޯޓު، ސްޓޭޓްމަންޓް އަދި ހުށަހަޅަންޖެހޭ ތަކެތި ތައްޔާރުކުރުން.
- މުއާހަދާތަކާއި އެއްބަސްވުންތައް ބަލަހައްޓާ ފަރާތްތަކުން ރިޕޯޓިންގގެ މަސައްކަތް ކުރަމުންދާގޮތް ބެލުން.
- ތިމާވެށީގެ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ނިންމާ ނިންމުންތަކާއި ރާއްޖެއިން ތަންފީޛު ކުރަންޖެހޭ މަސައްކަތްތަކާއި އަޅަންޖެހޭ ފިޔަވަޅުތަކާގުޅޭ ގޮތުން ކަމާގުޅޭދާއިރާތަކާއެކު މަސައްކަތްކުރުން.
- މިފަދަ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ބޭއްވޭ ޖަލްސާތަކަށް ރާއްޖެއިން ހުށަހަޅާ ޕޮޒިޝަންއާއި އެހެނިހެން ހުށަހެޅުންތައް، ކަމާބެހޭ ދާއިރާތަކުގެ ލަފަޔާއެކު ތައްޔާރުކުރުން.
- ގްލޯބަލް އެންވަރަޔަންމަންޓް ފެސިލިޓީ ފޯކަލްޕޮއިންޓްގެ މަސައްކަތްތައް ކުރުން.
- ސްމޯލްއައިލެންޑް ސްޓޭޓް (ސިޑްސް) ކޮންފަރެންސްއާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތަކާއި ތައްޔާރީ މަސައްކަތްތައް ކުރުން.
- ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ރާއްޖެއިން ބައިވެރިވާ ޖަލްސާ ސެމިނަރފަދަ ކަންތައްތަކުގައި ނިންމި ނިންމުންތަކުގެ މަޢުލޫމާތު އެފަރާތްތަކުން ހޯދައި އެ މަޢުލޫމާތު ހިއްސާކުރުން.
- ތިމާވެށީގެ އެކިއެކި ޖަލްސާ، ސެމިނަރތަކުގައި ބައިވެރިވާ ފަރާތްތަކުން، އެބޭފުޅުން ބައިވެރިވި ޖަލްސާ ސެމިނަރއާގުޅޭ ރިޕޯޓު ހޯދައި، އެ މަޢުލޫމާތުތައް ބެލެހެއްޓުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018330، 3018329 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- އިންޓަރނޭޝަނަލް ރިލޭޝަންސްއާ ގުޅުންހުރި ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު.
- ރާއްޖޭން ބޭރުގެ ތަފާތު ފަރާތްތަކާ ގުޅިގެން މަސައްކަތް ކޮށްފައިވާ މިންވަރު.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
- ސުންގަޑި: 18 މާރިޗު 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
|
އިންޓަރވިއުއާއި އިމްތިޙާން ކުރުން 19 މާރިޗު 2015 އާއި 15 އެޕްރީލް 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
14 ޖުމާދަލްއޫލާ 1436
|