ދިވެހިރާއްޖެ
މި ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި ކުރެހުމާއި އެއްގޮތަށް މި ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގައި ކާޕެޓް އެޅުމާއި، ދޮރުފޮތި އަދި ބެންކެޓް ޗެއަރ ހޯދަން ބޭނުންވެއްޖެއެވެ.
މަޢްލޫމާތު ސާފުކޮށްދިނުން 30 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 11:00ގައި މި ކޯޓުގައި އޮންނާނެއެވެ. އަދި ބީލަން ހުށަހަޅާނީ 2 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކޯޓަށެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައިގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ info@v-felidhoo.court.gov.mv އަށެވެ. މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.