އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކްރުއެލް، އިންހިއުމަން އޯ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމަންޓްގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ 2 ވަނަ ޕީރިއޮޑިކް ރިޕޯޓާ ގުޅޭގޮތުން ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ބޭއްވޭ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ، ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކްރުއެލް، އިންހިއުމަން އޯ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމަންޓްގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ 2 ވަނަ ޕީރިއޮޑިކް ރިޕޯޓާ ގުޅޭގޮތުންނާއި، އެ މުޢާހަދާގައި ބަޔާންކުރާ ޙައްޤުތައް ދިވެހިރާއްޖޭގައި ލިބިދެވޭގޮތާ ގުޅޭގޮތުން، މި ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާ މަޝްވަރާކުރުމަށް މި އޮފީހުން ބޭނުންވެއެވެ. މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 8 ނޮވެންބަރު 2023 ވާ ބުދަ ދުވަހުގެ 11:00 ގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވީމާ، މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން، ތިރީގައިވާ ލިންކު މެދުވެރިކޮށް، 6 ނޮވެންބަރު 2022 ވާ ހޯމަ ދުވަހުގެ 17:00 ގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ. މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރަޖިސްޓަރކުރައްވާ ފަރާތްތަކަށް ބައްދަލުވުމާ ގުޅުންހުރި އިތުރު މަޢުލޫމާތު ޙިއްޞާކުރެވޭނެއެވެ.

ރަޖިސްޓަރކުރެއްވުމަށް: https://forms.gle/RXDG4LEdM7p7v4dV6

ރަޖިސްޓަރކުރުމުގެ އެންމެ ފަހުގެ ތާރީޚު: 6 ނޮވެންބަރު 2023

26 އޮކްޓޫބަރު 2023
ހޯދާ