ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2023

ގައްދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2023

ގައްދޫ ކައުންސިލާއި ގައްދޫގެ ވޮލީ ކުޅުންތެރިންނާއި ގުޅިގެން " ގައްދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް " ގެ ނަމުގައި 01 ޑިސެމްބަރު 2023 ގައި ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިއީ ކައުންސިލްގެ 2023 ވަނަ އަހަރުގެ ކުޅިވަރު ކަލަންޑަރުގެ ދަށުން، ގދ. ގައްދޫގައި ވޮލީބޯޅަ ކުރިއަރުވާ އާލާ ކުރުމުގެ މަގުޞަދުގައި ގައްދޫ ކައުންސިލާއި ގައްދޫ ވޮލީ ކުޅުންތެރިން އިސްނަގައިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތަކީ ދެ ޑިވިޝަނަށް ބަހާލައިގެން ދެ ޖިންސުގެ ފަރާތްތައް ބައިވެރިވެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ މުބާރާތެކެވެ. މިގޮތުން މިއަހަރުގެ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފުރަތަމަ މަރުޙަލާއެއްގެ ގޮތުން ރަށު ފެންވަރުގައި، ރަށުން ބައިވެރިވާ ރަށު ކުޅުންތެރިންނަށް ޚާއްސަކޮށްގެންނެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 2023 ނޮވެމްބަރު 09 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިޢުލާނާއެކު ޢާއްމުކުރި ވާހަކަވެސް ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާއިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 9120126 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.                         

26  އޮކްޓޯބަރު  2023                     

26 އޮކްޓޫބަރު 2023
ހޯދާ