ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވިނަރެސް މަޝްރޫޢުއިން ފުލެޓު ގަތުމަށް އެދި ފޯމު ހުށަހަޅެމަށް ހުޅުވާލުމާ ގުޅޭ

ނަންބަރު: HDC(161)-REM/IU/2023/526

 

ވިނަރެސް މަޝްރޫޢުއިން ފުލެޓު ގަތުމަށް އެދި ފޯމު ހުށަހަޅެމަށް ހުޅުވާލުމާ ގުޅޭ:

ވިނަރެސް މަޝްރޫޢުއިން ފުލެޓު ގަތުމަށް އެދި އޮންލައިން ޕޯރޓަލް މެދުވެރިކޮށް ފޯމު ހުށަހަޅެމުގެ ފުރުޞަތު ހުޅުވާލުމަށް ކޮށްފައިވާ މިކޯޕަރޭޝަނުގެ ނަންބަރު: HDC(161)-MKS/IU/2022/303 (17 ޖުލައި 2022) އިޢުލާނު އަދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޔުނިޓް އިޙްތިޔާރުކުރުމުގެ މަރުޙަލާ ނުނިމޭ ފަރާތްތަކާއި ގުޅޭގޮތުން ނެރެފައިވާ ނަންބަރު: HDC(161)-MKS/IU/2023/479 )10 އޮކްޓޯބަރ 2023(  އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.

ހަވާލިދީފައިވާ އިޢުލާނުގެ ދަށުން 15 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ވިނަރެސް މަޝްރޫޢުއިން ފުލެޓް ގަތުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފުލެޓު ގަތުމަށް ޝަރުތުހަމަވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަރުޙަލާތައް ނިންމާ، މި ފަރާތްތަކުން ފުލެޓު އިހްތިޔާރުކޮށްނިމުމުން އަދި އެޕްލިކޭޝަން ދޫކޮށްލުމަށް އެދިފައިވާ ފަރާތްތަކުގެ އަދަދަށް ބެލުމަށް ފަހުވެސް ބާކީ ފުލެޓުތަކެއް ނުވިކި ހުންނާނެކަމަށް ވަނީ އަންދާޒާކުރެވިފައެވެ. ވީމާ، 31 އޮކްޓޯބަރ 2023 ގެ ނިޔަލަށް މިހާރު ކުރިއަށްދާ މަރުޙަލާތައް ނިމުމުން މާލީ ޤާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި، ޔުނިޓް އިހްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހުވެސް ޔުނިޓް އިހްތިޔާރުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކުގެ ފޯމު ބާތިލްކޮށް ބާކީ ނުވިކިހުރި ޔުނިޓްތައް ވިއްކަން ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

ދެންނެވުނު ފުލެޓުތަކަށް އެދި ފޯމު ހުށަހަޅުމަށް ހުޅުވާލަން ހަމަޖެހިފައިވަނީ 5 ނޮވެމްބަރ 2023 ވާ އާދީއްތަ ދުވަހު މިކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް https://my.urbanco.mv ގައިވާ ‘Housing’ ޖަހާފައިވާ ލިންކް މެދުވެރިކޮށެވެ. އަދި، އޮންލަން ޕޯރޓަލް މެދުވެރިކޮށް ފޯމު ބަލައިގަތުމުގެ މަރުޙަލާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ ކަމުގައި ދަންނަވަމެވެ.

މިކަމާއިގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކޯޕަރޭޝަނުގެ ހޮޓްލައިން ނަންބަރ 1516 އަށް ގުޅުއްވުމަށް އެދެމެވެ.

9 ރަބީޢުލްއާޙިރު 1445ހ

25 އޮކްޓޯބަރ 2023މ

25 އޮކްޓޫބަރު 2023
ހޯދާ