ދިވެހިރާއްޖެ
03 އޮކްޓޯބަރ 2023 ގައި ކޮށްފައިވާ މި އެސޯސިއޭޝަނުގެ ނަންބަރު IU/HB/2022/09 ގައި މި އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 10 ވަނަ ނެޝަނަލް ހޭންޑްބޯލް މުބާރާތުގެ ޤަވާއިދު 05 އޮކްޓޯބަރ 2023 ވަނަ ދުވަހުގައި ބޭއްވުނު މި އެސޯސިއޭޝަނުގެ ހިންގާކޮމިޓީގެ 08 ވަނަ ބައްދަލުވުމުގައި އިސްލާހުކުރެވިފައި ވާތީވެ، އެކަން މި އެސޯސިއޭޝަނުގެ އެންމެހައި މެންބަރު ކުލަބްތަކަށް އަންގައި އިއުލާންކުރަމެވެ. އިސްލާޙް ކުރެވިފައިވާ މުބާރާތުގެ ޤަވާއިދު އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މި އިއުލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ.
ވީމާ، މި މުބާރާތުގައި ބައިވެރުމަށް ބޭނުންވާ މި އެސޯސިއޭޝަނުގެ މެންބަރު ކްލަބުތަކުން މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހުގައި 30 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ ކުރީން މިއެސޯސިއޭޝަނަށް ފޮނުއްވުން އެދެމެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމް ލިސްޓް ހުށަހަޅުއްވަން ޖެހޭ އެންމެ ފަހުތާރީޚަކީ 15 ނޮވެމްބަރ 2023 އެވެ.
އަދި މި މުބާރާތުގެ ގުރުއަތުލުން ބާއްވާނެ ތަނަކާއި ވަގުތު ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް 7779140 / 9879555 އާއި ގުޅުއްވުން އެދެމެވެ.