ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ޕްރިންޓަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ރޭންކް: އެސް. އެސް. 3
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3
މުސާރަ: މަހަކު -/3،875 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ނަޑެއްލާ ސްކޫލް
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ނަޑެއްލާ ސްކޫލުގެ އެކެޑެމިކް ސެކްޝަން
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. ފޮޓޯކޮޕީއާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ދުވަހުން ދުވަހަށް ޕްރިންޓްނެގުމާއި، ޕްރިންޓް ނެގުމަށް ހަވާލުކުރެވޭތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޓެސްޓާ ގުޅުންހުރި ލިޔުމެއްނަމަ، އެތަކެތި ފެންނަންޖެހޭ ފަރާތްނޫން އެހެން ފަރާތްތަކަށް ނުފެންނާނޭހެން ބެހެއްޓުން.
2. އިދާރީ އެހެން މުވައްޒަފުން ހާޒިރުނުވާ ޙާލަތްތަކުގައްޔާއި އެހެން ޙާލަތްތަކުގައި އިދާރީގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.
3. ކޮންމެ ދުވަހެއްގެ ޕްރޮގުރާމް ތައްޔާރުކޮށްފައި ނޯޓިސް ބޯޑުތަކަށް ނެރުން.
4. އޮފީސްތެރެ އަބަދުވެސް ތަރުތީބުކުރުން.
5. ބޭނުންކުރާ މެޝިނަރީޒްތައް ވަރަށް ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
5. ރަސްމީ މަސައްކަތްތައް ކޮށްފައި ވަގުތު އޮތްވަރަކުން އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
ސްކޫލުގެ މުވައްޒަފުންނަށް، ދާއިރާއާ ގުޅުންހުރި ކަންކަމުގައި އެހީތެރިވުން
އިތުރު ހަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުން
މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން
ބަދަލު އިންތިޒާމް
|
މަޤާމުގެ ޝަރުޠު:
ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތްކުރުމުގެ ހުނަރު (ޤާބިލްކަން ލިބިފައިވުން)
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު.
- ހުށަހަޅާފައިވާ މަސައްކަތުގެ ތަޖުރިބާ.
- ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު.
- އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކޮށްގެން ލިބޭ މާކްސް.
އިންޓަވިއު ކުރުން:
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ، 12 މާރިޗު އާއި 16 މާރިޗު 2015 އާ ދެމެދުގައި، ނަޑެއްލާ ސްކޫލުގައެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު، ނަޑެއްލާ ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mvން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގދ. ނަޑެއްލާ ސްކޫލުގެ ކައުންޓަރަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 11 ވަނަ ދުވަހުގެ 15:00 އެވެ.
ނޯޓް:
- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ނަޑެއްލާ ސްކޫލުގެ 7983088 ނަންބަރު ފޯނަށް ނުވަތަ 6840064 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
13 ޖުމާދަލްއޫލާ 1436