ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނޮލޮޖިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު

ލެބޯޓްރީ ޓެކްނޮލޮޖިސްޓް    

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

ޑިވިޜަން

ލެބޯޓްރީ

މަސައްކަތް ކުރަންޖެހޭ ގަޑި

ޝިފްޓް ޑިއުޓީ

ކުރަންޖެހޭ މައިގަނޑު މަސައްކަތް

ލެބޯޓްރީގައި ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި، ނަތީޖާ ރަނގަޅުތޯ ޗެކްކޮށް، ކޮލިޓީ ކޮންޓްރޯލް ހިފެހެއްޓުމާއެކު، ރެކޯޑް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. ލެބޯޓްރީ ޓެކްނޮލޮޖިސްޓް ގްރޭޑް 1 ގެ މަޤާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެފައިވުން. ނުވަތަ؛
  2. މަސައްކަތާ ގުޅޭ ރޮނގަކުން ޑިގްރީއެއް ނުވަތަ ޕޯސްޓް ގްރެޖުއޭޓް/އެޑްވާންސް ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން. 

މަޤާމު

ލެބޯޓްރީ ޓެކްނޮލޮޖިސްޓް    

ބޭނުންވާ އަދަދު

2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

ޑިވިޜަން

ލެބޯޓްރީ

މަސައްކަތް ކުރަންޖެހޭ ގަޑި

ޝިފްޓް ޑިއުޓީ

ކުރަންޖެހޭ މައިގަނޑު މަސައްކަތް

ލެބޯޓްރީގައި ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި، ނަތީޖާ ރަނގަޅުތޯ ޗެކްކޮށް، ކޮލިޓީ ކޮންޓްރޯލް ހިފެހެއްޓުމާއެކު، ރެކޯޑް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި 2 އަހަރު ދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ސެޓްފިކެޓް ނުވަތަ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު،
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  7. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕާއި ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  8. ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު ހުށަހަޅަންވާނީ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެވެ. (ސެޓުފިކެޓު ނުލިބޭނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.)
  9. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެނގެން އޮންނަންވާނެއެވެ.

ސުންގަޑި

2015 މާރިޗު 18 އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން، ހުޅުމާލޭ ހޮސްޕިޓަލަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލުގައި.

ނޯޓް: މި ވަޒީފާތަކަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3350064 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 13 ޖުމާދަލްއޫލާ 1436
05 މާރިޗު 2015
ހޯދާ