ދިވެހިރާއްޖެ
މިބޯރޑުން އިންތިޒާމް ކޮށްގެން ބާއްވާ ޤައުމީ ކްރިކެޓް މުބާރާތުގައި ( 50 އޯވަރު ) ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނަރ އޮފް ސްޕޯރޓްސް ގައި ރަޖިސްޓްރީވެފައިވާ މިބޯޑުގެ މެމްބަރު ކްލަބްތަކަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ 31 އޮކްޓޯބަރ 2023 ގެ 13:00 އެވެ. ވީމާ މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ކްލަބްތަކުން އެކަން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މުބާރާތުގެ ބައެއް ސަރުތުތަށް :
ކޮންމެ ކްލަބެއްގައި ރަޖިސްޓްރީ ކުރެވެނީ 18 ކުޅުންތެރިން އާއި 3 އޮފިޝަލުން
މެޗެއްގައި ކުޅެވޭނީ އެންމެ ގިނަވެގެން 4 ބިދޭސީ ކުޅުންތެރިން ( ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާއި ރާއްޖެއިން ބޭރުން ގެންނަ ޕްރޮފެޝަނަލް ކްރިކެޓް ކުޅުންތެރިން ހިމެނޭގޮތައް )
19 އަހަރުންދަށުގެ 2 ކުޅުންތެރިން ކޮންމެ ކްލަބެއް ކުޅޭ ކޮންމެ މެޗެއްގައި މެޗު ކުޅޭ 11 ކުޅުންތެރިންގެ ތެރޭގައި ހިމެނުން.
އިތުރު މައުލޫމާތު ބޭނުން ފުޅުވާނަމަ 3325503 ނުވަތަ 7774761 އަށް ގުޅުއްވުންއެދެމެވެ.
އީމެއިލް [email protected]
ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސް
ކުޅިވަރު އެކުވެނި، މާލެ، ދިވެހިރާއްޖެ