މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ލ. ގަން ކަސްޓަމްސްގައި ބޭނުންކޮށް ބައުވެފައިވާ 1 ވޭން ނީލަމުގައި ވިއްކުން

         މި އޮފީހުގެ  ނަންބަަރ (IUL) 14-A4/1/2023/62 (28 އޮގަސްޓް 2023)   އަދި          (IUL) 14-A4/1/2023/74 (18 ސެޕްޓެމްބަރ 2023( އިއުލާނާއި ގުޅިގެން ބޭއްވުނު ދެނީލަމުގައިވެސް އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވާތީ، އަލުން ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން  05 ނޮވެންބަރ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ލ. ގަން ކަސްޓަމްސް އޮފީހުގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

         ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު، ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

         ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

         ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން 05 ނޮވެންބަރ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ލ. ގަން ކަސްޓަމްސްއަށް ހާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

 

         މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އޮކްޓޫބަރު 2023
ހޯދާ