މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދުން

1.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދުން

މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކުނި މެނޭޖުކުރުމުގެ ނިޒާމު ތަރައްޤީކުރުމުގެ މަޝްރޫޢަށް 1.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ހޯދާން 2023 ސެޕްޓެންބަރު 24 ވަނަ ދުވަހު ކުރި މި އިދާރާގެ (I)288/2023/117 ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަމެއް ހުށަހަޅުއްވައިފައިވާ ނުވާތީވެ، 1.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް މި އިދާރާއަށް ސަޕްލައިކޮށްދެއްވާން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

ބޭނުންވާ ޕިކަޕުގެ ސްޕެސިފިކޭޝަންތައް މަޢުލޫމާތު ކަރުދާހުގައި އެ ވަނީއެވެ. މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާ އެކު ޝާއިޢުކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ 2023 ނޮވެންބަރު 2 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 ގެ ކުރިން، ދީފައިވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.

https://forms.gle/zLeaRgAhJnaqjwBq8

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ. ބީލަން ފޮތް ވިއްކާން ހަމަޖެހިފައިވަނީ 2023 ނޮވެންބަރު 5 ވާ އާދީއްތަ ދުވަހު ހެނދުނު 9:00 އިން ފެށިގެން 2023 ނޮވެންބަރު 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް، މި އިދާރާއިންނެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2023 ނޮވެންބަރު 16 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު ގައި މި އިދާރާ ގައެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވާ ނަމަ، ކުންފުނީގެ ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅާން ވާނެއެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާ އެކު ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް
(ޢަލީ މުޒުހިރު، ކައުންސިލް އެގްޒެކެޓިވް):

7217070

9 ރަބީޢުލްއާޚިރު 1445ހ.

24 ނޮވެންބަރު 2023މ.

24 އޮކްޓޫބަރު 2023
ހޯދާ