ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ތިނަދޫ އިޚްލާސް މިސްކިތުގެ ފުރަތަމަ ފަންގިފިލާގައި ޖަހާފައިވާ ޕާޓިޝަން އޭރިޔާގައި އެޅުމަށް ބޭނުންވާ ނެވިލޯން ހޯދުމަށް އަލުން އިޢުލާނު ކުރުން

އިޢުލާނު ކުރުން

       ގދ. ތިނަދޫ އިޚްލާސް މިސްކިތުގެ ފުރަތަމަ ފަންގިފިލާގައި ޖަހާފައިވާ ޕާޓިޝަން އޭރިޔާގައި އެޅުމަށް ބޭނުންވާ ނެވިލޯން ހޯދުމުގެ މަޝްރޫޢުގެ ދަށުން މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ނެވިލޯން ހޯދުމާއި އެޅުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް  މި އިދާރާއިން ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، އަލުން މި ބީލަން ހުށަހެޅުމަށް ހުޅުވާލައި އަލުން އިޢުލާނު ކުރަމެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 31 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް   projects@thinadhoo.gov.mvމެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.             

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 ނޮވެންބަރު 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރެޖިސްޓްރޭޝަން މުއްދަތު

24 އޮކްޓޯބަރު 2023- 31 އޮކްޓޯބަރ 2023

 

31 އޮކްޓޯބަރު 2023  ގެ 13:00ގެ ކުރިން

ގދ.ތިނަދޫ ސިޓީ ކައުންސިލް އިދާރާ / މެއިލް

ބީލަން ހުށަހެޅުން

07 ނޮވެންބަރު 2023

އަންގާރަ

13:00

ގދ.ތިނަދޫ ސީޓީ ކައުންސިލް އިދާރާ ޖަލްސާ ކުރާ މާލަމުގައި

 

23 އޮކްޓޫބަރު 2023
ހޯދާ