ދިވެހިރާއްޖެ
ބީލަމުގެ މަޢުލޫމާތު ކަރުދާހަށް އިޞްލާޙު ގެނައުމާ ގުޅޭ
މި ކޮމިޝަނުގެ ނަންބަރު 123-A/IUL/2023/92ގެ އިޢުލާން (މިކޮމިޝަންގެ ގ. ބިއްލޫރިޖެހިގެ (02 ވަނަ ފްލޯރ) މަރާމާތުކޮށް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން) އާއެކު އެއްހީރާސް ކޮށްފައިވާ މަޢުލޫމާތު ކަރުދާހުގެ ނަންބަރު 2.1 ގެ 2.1.6 ގައިވާ މަސައްކަތްގެ އިތުރަށް ތަފްޞީލްކުރުމާއި ނަންބަރު 2.3 ގެ 2.3.8 އިން 2.3.11 އަދި ނަންބަރު 2.6 ގެ މަސައްކަތްތަކަށް މަޢުލޫމާތު އިތުރުކޮށް އަދި އެނެކްސް 01 ގެ A02 ކަރުދާސް އިތުރުކޮށް ފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މި ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2023 އޮކްޓޯބަރ 29 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިކޮމިޝަނުގެ އިދާރާ، މ.ފިނިފަރު، 7 ވަނަ ފަންގިފިލާގައެވެ.
މި ބީލަމާ ގުޅޭ އިޞްލާޙުކޮށްފައިވާ މަޢުލޫމާތު ކަރުދާން މިއިޢުލާނާ އެއްހީރާސްކޮށްފައި ވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ 2023 އޮކްޓޯބަރ 22 ވަނަ ދުވަހުގެ މައުލޫމާތު ޝެޝަނުގައި ދީފައިވާ މަޢުލޫމާތާއި އިޞްލާޙުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށެވެ.
08 ރަބީޢުލްއާހިރާ 1445
23 އޮކްޓޯބަރ 2023