ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް

ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް

ކެލާ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ތަކެތި ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން ތިރީގައި މިވާތަކެތި ހޯދައިދޭނެ ފަރާތެއް ބޭނުންވެއެވެ.

ހޯދަން ބޭނުންވާ ތަކެތި:

  • ސްކޭނަރ
  • ފިންގަރޕްރިންޓް މެޝިން
  • ޑިޖިޓަލް ކެމެރާ
  • ސައިނިންގ ޕެޑް

މަތީގައި ދެންނެވުނު ތަކެތި ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ، 09 މާރިޗު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިގަނެ ކެނޑުން އޮންނާނީ 19 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00ގައި މިއިދާރާގައެވެ. ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ނަމުގައިވާ ބިޑުތައް އެކަންޏެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6500027 ނަންބަރު ފޯނާއެވެ. އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތެއް ކަނޑައެޅުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  • ހުށަހަޅާ އަގު
  • ތަކެތިފޯރުކޮށްދެވޭނެ މުއްދަތު
  • ވޮރަންޓީ

10 ޖުމާދަލްއޫލާ 1436

01 މާރިޗު 2015
ހޯދާ