ދިވެހިރާއްޖެ
1. މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، އިޖުތިމާޢީ ހިޔާ ވަށާފާރު ރާނާ، ހޯލުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)245-MIM/245/2023/83 އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.
2. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 23 އޮކްޓޯބަރ 2023 އިން 30 އޮކްޓޯބަރ 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިއަދާރާއަށް ވަޑައިގެން ރަޖިސްޓްރީވުން ކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ 30 އޮކްޓޫބަރ 2023 ދުވަހުގެ 14:00 އެވެ. ބީލަން ހުށަހެޅޭނީ، ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/2W5xvgmded
މަސައްކަތާގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 30 އޮކްޓޯބަރ 2023، ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލުކުރެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ނަންބަރު 6501014 އަށް ގުޅުއްވުން އެދެމެވެ.
3. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 02 ނޮވެމްބަރ 2023، ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގެ ރޫމުގައެވެ.
4. ބީލަން ފޮތާއި، ކުރެހުންތައް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.