ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ ޕާކިން ޒޯން ހެދުމާއި، ގަރާޖު މަރާމާތުގެ ކުރުމުގެ މަސައްކަތް ކުރުން

  1. މި ކައުންސިލްގެ ޕާކިން ޒޯން ހެދުމާއި، ގަރާޖު މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ކުރެވިފައިވާ ނަމްބަރު: (IUL)225-CA/225/2023/54 (26 ސެޕްޓެންބަރު 2023)  އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑް ބާޠިލްވެފައިވާތީ، މި ކައުންސިލްގެ ޕާކިން ޒޯން ހެދުމާއި ގަރާޖު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 2023 އޮކްޓޫބަރު 22 ވަނަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 30 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އޮންލައިންކޮށެވެ. ރަޖިސްޓްރީ ވުމަށް ފޯމް ލިންކް: https://forms.office.com/r/4BFFzK9qRf   ބޭނުން ކުރުން އެދެމެވެ.
  4. ބީލަން ހުށަހެޅުމަށް ބައިވެރި ވެވޭނީ ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 2023 އޮކްޓޫބަރު 22 ވަނަ ދުވަހުން ފެށިގެން މި ކައުންސިލްގެ ވެބްސައިޓް www.halifatoll.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  5. ބީލަން ހުށަހަޅަންވާނީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލް ކުރެވޭނެއެވެ.
  6. މި ބީލަމާ ގުޅިގެން ޕްރީބިޑް މީޓިންގ އޮންނާނީ 2023 އޮކްޓޫބަރު 31 ވަނަ ދުވަހުގެ 13:00 ގައި ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައެވެ.
  7. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 2023 ނޮވެންބަރު 08 ވަނަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  8. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  9. އިތުރުމަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • އީމެއިލް އެޑްރެސް: [email protected]  
  • ފޯން ނަންބަރު:   6500344
22 އޮކްޓޫބަރު 2023
ހޯދާ