ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޅ.އޮޅުވެލިފުށީ ޞިއްޙީމަރުކަޒު މަރާމާތުކުރުމަށް

ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒު މަރާމާތުކުރުން

ޅ. އޮޅުވެލިފުށި ޞިއްޙީމަރުކަޒުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 12 މާރިޗު 2015 ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު، ނުވަތަ ޅ. އަތޮޅު ހޮސްޕިޓަލް ނުވަތަ ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 މާރިޗު 2015 ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު ނުވަތަ ޅ.އަތޮޅު ހޮސްޕިޓަލް ނުވަތަ ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ގަޑިޔަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒުގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލްގެ ނަންބަރު IUL)LHAH-AH/LHAH/2014/25)ފ(27 ނޮވެންބަރު 2014) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބު ވަނީ ބާޠިލު ކުރެވިފައެވެ.

14 ޖުމާދަލްއޫލާ 1436

03 މާރިޗު 2015
ހޯދާ