މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ގޮތުގައި ހިމެނޭ ތަކެތީގެ ލިސްޓު

ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ގޮތުގައި ހިމެނޭ ތަކެތީގެ ލިސްޓު

ތައާރަފު

ޤާނޫނު ނަމްބަރ : 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނު)ގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދު ނަމްބަރ: 2023/R-143، "ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖެއަށް އެތެރެ ކުރުމާއި ރާއްޖޭގައި އުފެއްދުމުގައި އަމަލު ކުރަންވީ ގޮތުގެ ޤަވާއިދު،"ގެ ހަތަރު ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ތެރެއިން ރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ރާއްޖޭގައި އުފެއްދުމަށް ހުއްދައަށް އެދެން ވާނެ ބާވަތްތަކުގެ ލިސްޓެއް ގެޒެޓު ކުރުމަށް މި ޤާއިދުގެ ހަތަރުވަނަ މާއްދާގެ (ނ)ގައި ބަޔާން ކުރެއެވެ.

މަތީގައި ދެންނެވިފައިވާ ޤަވާއިދުގެ މަތީން އެކުލަވާލެވިފައިވާ ލިސްޓު ތިރީގައި އެވަނީއެވެ،

  1. ކަނޑި އާއި ހަންޖަރު، ޑައިވިން ނައިފް
  2. މަސް ބާނާ ބަޑި
  3. މޯނިންގ ސްޓަރ (Morning Star)
  4. ނަކުލް ވެޕަން (Knuckle Weapon)
  5. ތީރު  
  6. ޝުރިކެން (Shuriken)
  7. ފްލެއިލް  (Flail)
  8. ސްޕިއަރ (Spear)
  9. ޓްރައިޑެންޓް (Trident)
  10. ލާންސް (Lance)
  11. ސައިތު (Scythe)
  12. ފްލިކް ނައިފް (Flick Knife)
  13. ބަޓަރފްލައި ނައިފް (Butterfly Knife)
  14. ރޭޒަރު ތިލައާއި، ކަޓަރާއި، ކަޓަރު ތިލަ
  15. ކަތިވަޅިއާއި، ފުރޯއާއި، ކޯރާޑިއާއި މުޅޯ
  16. ސިލިންގ ޝޮޓް (Sling shot)
  17. ބިޑި (Hand cuff)
  18. ހަންޓިން ބިލް ހުކް ނައިފް (Hunting Billhook knife)
  19. ޕޮކެޓް ނައިފް (Pocket Knife)
  20. ފޯލްޑިން ނައިފް / ފޯލްޑެބަލް ނައިފް (Folding Knife / Foldable Knife)
  21. ފްލިޕް ނައިފް (Flip Knife)
  22. ބޯން ނައިފް (Bone Knife)
  23. އެގްރިކަލްޗަރ ނައިފް (Agriculture Knife)
  24. ސަރވައިވަލް ނައިފް (Survival Knife)
  25. ބޯއަ ނައިފް (Boa Knife)
  26. ކުކްރީ ނައިފް (Kukri Knife)
  27. ހައިކިން ނައިފް (Hiking Knife)

މީގެ އިތުރުން ވެސް ލިސްޓުގައި ހިމެނިފައި ނުވާ، އެހެން ނަމަވެސް މީހަކަށް އަނިޔާއެއް ދެވިދާނެ  މި ނޫންވެސް ތޫނު އެއްޗަކީ ނުރައްކާތެރި ހަތިޔާރު އަދި ތޫނު އެއްޗެހީގެ ގޮތުގައި ހިމެނޭނެ ތަކެއްޗެއްސެވެ.

 

22 އޮކްޓޫބަރު 2023
ހޯދާ